Thursday, November 18, 2010

ނަރަކައިގެ ބިރުވެރިކަމާއި ސުވަރުގޭގެ އުފާވެރިކަން

Abdul Rahman Kassem

© Arabic 1999, all rights reserved

 Dhivehi Translation, ©2010

 މާތްރަސްކަލާނގެ ވަޢުދުފުޅު ވެފައިވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅާ ބެހޭގޮތުން ތިމާގެ ހިތުގެ އެންމެ ފުންމިނުން ހޯދާބަލާ ކޮންމެ މީހަކަށް އެކަލާނގެ ސިރާތުލް މުސްތަޤީމް ދައްކަވާނެއެވެ.

އަޅުގަނޑުމެންގެ އެދުމަކީ ތިޔަބޭފުޅާއަށް އެކަލާނގެ ހިތުގެއެންމެ ފުންމިނުން ދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައިވާ ފުރިހަމަލޯތްބާ، އަޅާލުމާ، ދިރިއުޅުމުގެ ސާފު ސީދާ ތެދުމަގު ދެއްކެވުމެވެ.

ރަޙުމަތް ލައްވާށި އެވެ.
  ޙަގީގަތުގައި ގިނަ ބަޔަކު އެބައިމީހުންގެ އުޚުރަވީ ތަގުދީރާއިމެދުގައި ބިރުވެތިވެއެވެ. އެންމެ ކުޑަމިނުން މުޙައްމަދުގެފާނުވެސް އެކަލޭގެފާނުގެ އެންމެ ފަހު ވަގުތުކޮޅުގައި އެކަލޭގެފާނުގެ ތަގުދީރާއިމެދު އެނގިވަޑައިގެން ނުވެ ބިރުވެތިވެ ވަޑައިގެންނެވިއެވެ. އަވަހާރަވުމުގެ ދާންމަތިކޮޅުގައި އެކަލޭގެފާނު  އޮންނެވި ހިނދު އެކަލޭގެފާނުންގެ ސަޙާބީންގެ އަރިހުގައި އެކަލޭގެފާނަށް ޓަކައި ﷲއަށް ދުޢަ ދެންނެވުމުގައި ދެމި ތިއްބެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިއަދާއި ހަމައަށް ވެސް މުސްލިމުން އެގޮތުގެ މަތިން ދުޢާ ކުރުމުގައި ވެއެވެ. ކިޔުންތެރިންނޭވެ. ގިޔާމަތް ދުވަހުގައި ތިބާގެ ތަގުދީރުގައިވަނީ ކޮންގޮތެއް ހެއްޔެވެ؟