ނޫޙުގެފާނުންގެ ތިން ދަރިކަލުން ތިއްބެވިކަމީ އެންމެތަކުން ދަންނަ ކަމެކެވެ. އެއީ ޝާމް، ޙާމް އަދި ޖަފެތުއެވެ. ނަމަވެސް އެހެން ދަރިކަލަކު އިތުރަށް ހުންނެވިއެވެ. މާތްﷲ މިފަދައިން ވަޙީކުރެއްވިއެވެ. 
40. ތިމަންސުވާމީންގެ އަމުރުފުޅު އައިސް އުނދުނުގެ ތެރެއިން ފެން އުތުރި އަރައިގެންފުމަށް ދާނދެނެވެ. (އެބަހީ، ނޫޙު ޢަލައިހިއްސަލާމް ނައުކޮޅު ބެންނެވުމާއި ކާފިރުން މަލާމާތް ކުރުމާއި، މި ދެކަންތައް ފެންގަނޑު އުތުރި އަރައިގެންފުމަށް ދާނދެން ހިނގަމުން ގެންދިޔައެވެ.) އެހިނދު، ތިމަންސުވާމީންގެ އަންގަވައި ވަޙީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން އަންހެން ފިރިހެން ދޭއްޗާއި، އަދި، ހަލާކުވެ ނެތި ދިއުމުގެ ބަސްފުޅު އެމީހަކާއިމެދު ހަމަޖެހި އިސްވެ ހިނގައްޖެމީހަކު ފިއަވައި، ކަލޭގެފާނުންގެ އަހުލުވެރިންނާއި، އަދި، އީމާންވެގެންތިބި މީހުން، އެ ނައުކޮޅަށް ލައްވާށެވެ. މަދުމީހަކު މެނުވީ އެކަލޭގެފާނުންގެ އަރިހުގައި އީމާންވެގެން ނުވެއެވެ. 41. އެކަލޭގެފާނު ވިދާޅުވިއެވެ. އެ ނައުކޮޅަށް ތިޔަބައިމީހުން އަރާށެވެ! އެ ނައުކޮޅު ދުވުން އޮތީ، އަދި، ހުއްޓި އޮތުން ވަނީ، މާތްﷲގެ އިސްމުފުޅުންނެވެ. (އެކަލާނގެ އަމުރުފުޅަށެވެ.) ހަމަކަށަވަރުން ތިމަންގެ ސާހިބުވަންތަ ރަސްކަލާނގެއީ ފާފަފުއްސަވާ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ. 42. ފަރުބަދަތައްފަދަ ރާޅުތަކެއްގެ ތެރޭގައި، އެބައިމީހުންނާއިގެން، އެ ނައުކޮޅު ދުވަމުން ދެއެވެ. އަދި، ނޫޙު (ޢަލައިހިއްސަލާމް) އޭނާގެ ދަރިކަލުންނަށް ގޮވައިލައްވައި ވިދާޅުވިއެވެ. އޭރު އެ ދަރިކަލުން ހުންނެވީ (ނައުކޮޅާއި) ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންނާއިއެކު، (ނައުކޮޅަށް) އަރާށެވެ! ކާފިރުންނާއި އެކުގައި ނުވާށެވެ. 43. އެ ދަރިކަލުން ވިދާޅުވިއެވެ. ފެނުން ތިމަން ރައްކައުތެރި ކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. (ނޫޙު ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ﷲގެ އަމުރުފުޅުން (ޢަޒާބުން) ރައްކައުތެރިކަން ދޭނޭ ފަރާތެއް، އެކަލާނގެ ރަޙުމަތް ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި (ދެބަފައިކަލުންގެ) ދެމެދުގައި ރާޅު ހުރަސް އެޅިއެވެ. އަދި، ޣަރަގުވެވުނު މީހުންގެ ތެރެއިން އެ ދަރިކަލުން ވިއެވެ. 44. އަދި، އެންގެވުނެވެ. އޭބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ. އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދެމުން ގޮސް ހިނދިއްޖެއެވެ! އަދި (ﷲގެ) އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި، ޖޫދީ ފަރުބަދައިގެ މައްޗަށް އެ (ނައުކޮޅު) ބީހި ހަމަޖެހިއްޖެއެވެ. އަދި، އެންގެވުނެވެ. އަނިޔާވެރީންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. 45. ނޫޙު (ޢަލައިހިއްސަލާމް) އެކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ކިބައަށް (މުނާޖާ) ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންއަޅާގެ ސާހިބުވަންތަ ރަސްކަލާކޯއޭ! ހަމަކަށަވަރުން ތިމަންގެ ދަރިޔާއީ ތިމަންގެ އަހުލުވެރީންގެ ތެރެއިންވާ މީހެކެވެ. އިނބަސުވާމީންގެ ވަޢުދު ބަސްފުޅީ ޙައްގު ބަސްފުޅެވެ. އިނބަސުވާމީންގެއީ، ނިޔާކުރެއްވުމުގައި އެންމެ ޢަދްލުވެރި ރަސްކަލާނގެއެވެ. 46. ﷲ ވަޙީ ކުރައްވައި އެންގެވިއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން އެ ދަރިކަލުން ކަލޭގެފާނުންގެ އަހްލުވެރީންގެ ތެރެއަކު ނުވެއެވެ. ހަމަކަށަވަރުން އެއީ ހެއުނޫން ޢަމަލެކެވެ. ފަހެ، ކަލޭގެފާނަށް އެކަމާއިމެދު، އެނގުމެއްނުވާ ކަންތައް، ތިމަންސުވާމީންގެ ޙަޟުރަތުން އެދި ނުދަންނަވާށެވެ! (އެފަދަ ކަންތައް) ނުދަންނަ މީހުންގެ ތެރެއިން ވުމަށް، ތިމަންސުވާމީންގެ ކަލޭގެފާނަށް ވަޢުޡު ދެއްވައި ނަސޭޙަތްތެރިވެ ވޮޑިގެންވަމެވެ. (ސޫރަތުއް ހޫދު 40 ވަނަ އާޔަތުން 46 ވަނަ އާޔަތަށް)  
ދީލަތިވި މިއާޔަތްތަކުގެ އަލީގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތައް ހުށަހަޅައިލަމެވެ.  
މުހިންމު ގޮތެއްގައި ފާހަގަ ކުރެވުނު ނުކުތާތަކަކީ:
1. ﷲއީ ރަޙްމަތްވަންތަ ރަސްކަލާނގެ ކަމެވެ. (ސޫރަތުއް ހޫދު 41 ވަނަ އާޔަތުގެ ފަހުބައިން ފެށިގެން 43 ވަނަ އާޔަތަށް)
2. ﷲ އެކަލާނގެ ރަޙުމަތްފުޅު އެންމެތަކުންނަށް ދެއްވަތެވެ. އެހެނީ އެއުރެންނީ އީމާންވީ ފަރާތްތައް ކަމުގައި ވާނަމައެވެ. (ސޫރަތުއް ހޫދު 40 ވަނަ އާޔަތުގެ ފަހުބައި)
3. ނައުކޮޅަކީ ﷲގެ ރަޙްމަތްފުޅު ޙާސިލުކުރެވޭނޭ ގޮތުގެ ރަމްޒީ ތަސައްވުރު ކޮށްދެއްވުމެކެވެ.(ސޫރަތުއް ހޫދު 41 ވަނަ އާޔަތުގެ ފަހުބައި 43 ވަނަ އާޔަތުގެ ފަހުބައި)
4. ﷲ ޚަލްގުކުރެއްވި އެންމެ އުސް އެއްޗަކީ ފަރުބަދައެވެ. ނަމަވެސް އެއީ އެކަލާނގެ ރަޙްމަތްފުޅު ލިބިދިނުމަށް އޮތް މަގެއް ނޫނެވެ. (ސޫރަތުއް ހޫދު 41 ވަނަ އާޔަތުގެ ފަހުބައި 43 ވަނަ އާޔަތުގެ ފަހުބައި)
5.  ﷲގެ ރަޙުމަތްފުޅު ލިބިވޮޑިގެންވީ ނޫޙުގެފާނާއި އެކުގައި ނައުކޮޅުގައި ތިބި  ފަރާތްތަކަށެވެ. އެ ނައުކޮޅުން ބޭރުގައިވީ އެންމެތަކުން ވަނީ  ނެތިގޮސްފައެވެ. 
(ސޫރަތުއް ހޫދު 40 ވަނަ އާޔަތުން 44  ވަނަ އާޔަތަށް)
6.  ނޫޙުގެފާނު އެކަލޭގެފާނުންގެ މި ދަރިކަލުންނަށް ﷲގެ ކިބަފުޅަށް ތައުބާވެ  ވަޑައިގެންނެވުމަށާއި ނައުކޮޅަށް އެރުމަށް ހިތްވަރު ދެއްވިއެވެ. (ހުދު ސޫރަތުގެ 42 ވަނަ އާޔަތުގެ ފަހުބައި) 
7.  އީމަންތެރިކަމުގައިވީ ނޫހުގެފާނުގެ އަހުލުވެރީންގެ ތެރެއިން  އެކަލޭގެފާނުގެ ދަރިކަލުންވަނީ އެއްކިބާ ކުރެވިގެންނެވެ. އެހެނީ ސާލިޙުންގެ  ތެރެއިން އެ ދަރިކަލުން ނުވެއެވެ. އަދި އެދަރިކަލުންވަނީ  މަގުފުރެދިގެންނެވެ.(ސޫރަތުއް ހޫދު 40 ވަނަ އާޔަތުގެ ފަހުބައި، 42 ވަނަ އާޔަތުގެ ފުރަތަމަ ބައި  އަދި 45 އާއި 46 ވަނަ އާޔަތަށް)
8.  ނޫޙުގެފާނުންގެ ދަރިކަލުން މާތްﷲގެ ރަޙުމަތްފުޅަށް ފުރަގަސް ދިނެވެ. 
(ސޫރަތުއް ހޫދު 41 ވަނަ އާޔަތުގެ ފަހުބައި، 42 ވަނަ އާޔަތުގެ ފުރަތަމަ ބައި، 43 ވަނަ އާޔަތް) 
9. ނޫޙުގެފާނުން ދަރިކަލުން ދިންނެވުން ހޯދުމަށް ޓަކައި ޚިޔާރުކުރީ އޭނާގެ އަމިއްލަ ގޮތް ކަމުގައި ވުމުން އޭނާ ނެތި ދިޔައެވެ.(ސޫރަތުއް ހޫދު 42 ވަނަ އާޔަތުގެ ފަހުބައި އަދި 43 ވަނަ އާޔަތް)
10. ނޫޙުގެފާނުގެ ދަރިކަލުން ﷲގެ ދިންނެވުން ހޯދައި ބެލުމަށް ނުކުޅެދުމުގެ ސަބަބުން އޭނާ މަރާއި ކުރިމަތިލާން ޖެހުނެވެ. ﷲގެ ރަޙުމަތްފުޅު ލިބިދިނުމަށް ޓަކައި ވަގުތު ކަނޑައެޅިފައި ވެއެވެ. (ސޫރަތުއް ހޫދު 43 ވަނަ އާޔަތް) 
11.  ނޫޙުގެފާނުގެ ދަރިކަލުން ނެތި ދިޔައެވެ. އަދި އެ ދަރިކަލުންނީ  ނޫޙުގެފާނުގެ އަހުލުންގެ ތެރޭގައިވީ މީހެއްކަމުގައި ﷲ  ބައްލަވާވޮޑިގެންނުވެއެވެ. (ސޫރަތުއް ހޫދު 40 ވަނަ އާޔަތުން ބައެއް 42 ވަނަ އާޔަތުން ބައެއް އަދި 46 ވަނަ އާޔަތުގެ ބައެއް)
މި  އާޔަތްތައް މާތްﷲ އެކަލާނގެ ފޮތްކޮޅުގައި ފައުޅު ކުރައްވާފައިވަނީ ކީއްވެ  ހެއްޔެވެ؟ އަދި މި އާޔަތްތަކުން އަހަރެމެންނަށް ލިބިދޭ ޢިބްރަތަކީ  ކޮބައިހެއްޔެވެ؟
މި  އާޔަތްތަކުން އަހަރެންނަށް އެނގެނީ އިންސާނީ ޙަޔާތުގައި މި ޙަގީގަތްތައް  ޙިއްސާ ކުރަން ޖެހޭނެ ކަމެވެ. އަދި މިއީ އަހަރެމެންނަށް މުހިންމު  ޢިބްރަތެއް ކަމެވެ. 
އަހަރެމެންނަށް ލިބިދޭ މުހިންމު ޢިބްރަތްތައް:
1.               ﷲއީ ފާފަފުއްސަވާ އަދި ރަޙުމަތްވަންތަ ރަސްކަލާނގެއެވެ.
2.               ﷲ އެކަލާނގެ ރަޙުމަތްފުޅު އެންމެތަކުންނަށް ދެއްވަތެވެ. 
3.               ﷲގެ ތަނަވަސް ރަޙުމަތްފުޅު ޙާސިލްކޮށްދެއްވަތެވެ. 
4.               ﷲގެ ރަޙުމަތްފުޅަށް ވުރެން ތަނަވަސް ރަޙުމަތެއް ހަމަޖެހިގެން ނުވެއެވެ. 
5.               ﷲގެ ރަޙުމަތްފުޅު ލިބިދިނުމަށް އެދޭ ބަޔަކަށް ޝަރުތަކާއިއެކު އެ ރަޙުމަތްފުޅުގެ ފައިދާ ޙާސިލު ކުރެވެއެވެ.
6.               އެކަލާނގެ ރަޙުމަތްފުޅު ލިބިދިނުމަށް ކުރެވޭ ޝަރުތަކީ އެކަލާނގެ ކިބަފުޅަށް އީމާންވުމެވެ. 
7.               ﷲގެ ތަނަވަސް ރަޙުމަތްފުޅު ލިބިގެންނުވާ އެއްވެސް އަޅަކު ނެތި ދިއުމުން ސަލާމަތް ނުވެއެވެ.
8. ﷲގެ ރަޙުމަތްފުޅު ލިބިދިނުމުގައި ކަނޑައެޅިގެން ވަގުތެއް ވެއެވެ. ކަނޑައެޅިފައި މިވާ ވަގުތުގައި އެ ރަޙުމަތްފުޅު ލިބޭހުށީ އެންމެ ކުޑަމިނުން އެކަލާނގެ ކިބަފުޅަށް އީމާންވީ ބަޔަކަށެވެ.
9.               ތެދުވެރި އީމާންތެރީން އެކަލާނގެ ޝަރުތު ކުރެއްވުމަށް ހުށަހެޅިގެން ވެއެވެ.
10.         ރަސޫލުންނާއި ނަބިއްޔުންގެ ދައުރަކީ މަގުފުރެދުނު މީހުންނަށް ﷲގެ ތަނަވަސް ރަޙުމަތްފުޅުގެ ފައިދާ ހޯދުމަށް އެންގެވުމެވެ. 
11.         ﷲގެ ތަނަވަސް ރަޙުމަތްފުޅު ޚިޔާރު ކުރި ބަޔަކަށް މެނުވީ އެ ރަޙުމަތްފުޅު ލިބުމެއް ނުވެއެވެ.
12.         ﷲގެ ރަޙުމަތްފުޅުގެ ފައިދާ ލިބިގެން ނުވާ ފަރާތްތަކަށް އޮތީ ނެތި ދިއުމެވެ. އެއުރެންނަށް އެކަލާނގެ ރަޙުމަތްފުޅު އަލުން ލިބުމެއް ނުވެއެވެ.
13.         ރަސޫލަކަށް ނުވަތަ ނަބިއްޔަކަށް ވުމަކުން މިއިން ކަމަކުން ނެގޭނެ ފައިދާއެއް ނުމެ ނެތްމެއެވެ.
14.         ﷲގެ ގޮވާލެއްވުމަށް އިޖާބަދީ އީމާންވީ ފަރާތްތަކަށް އެކަލާނގެ ތަނަވަސް ރަޙުމަތްފުޅު ދެއްވައި އެއުރެން ނެތި ދިއުމުން ނަޖާ (ސަލާމަތް) ކުރައްވައެވެ.
15.         އީމާންތެރިކަމުގެ ޢަގީދާއަކީ ކަނު އެއްޗެއް ކަމުގައިވާނަމަ، އެ ފަރާތެއްގެ ނިމުމަކީ މަރެވެ. ޙަގީގީ އީމާންތެރިކަމުގެ ޢަމަލަކީ ﷲ ފުރިހަމަ މާނައިގައި ޚިޔާރު ކުރުމެވެ. އަދި އެ ޚިޔާރު ކުރުމުން އެ އަޅަކު ނެތިދިއުމުން ސަލާމަތް ކުރައްވައެވެ. 
16.         ﷲގެ ރޭއްވެވުން ތަކާއިމެދު އުރެދިއްޖެ ފަރަތަކީ މަގުފުރެދުން ތެރިއެކެވެ. 
17.         އީމާންތެރިކަމުގެ ޢަމަލުތަކުން ނަފާ ލިބިދޭހުށީ ﷲގެ ފައިސަލާއަށް އީމާންވުމުންނެވެ. އީމާންތެރިކަމުގެ ޙަގީގީ މަގުދައްކައި ދިނުމަކީ އެކަލާނގެ ތަނަވަސް ހުށަހެޅުން އެމީހަކު ބަލައިގަތުމެވެ.  
މާތްރަސްކަލާނގެ އެކަލާނގެ ތަނަވަސް ރަޙުމަތްފުޅު ނޫޙުގެފާނަށް ދެއްވައި، އަދި މި ރަޙްމަތްފުޅުގެ ފައިދާ ހޯދާ ފަރާތްތައް ތަނަވަސް ގޮތެއްގައި ރައްކާތެރި ކޮށްދެއެވެ. ނަމަވެސް އީމާންތެރިކަން އޭގެ ތަނަވަސް މާނައިގައި ޚިޔާރު ނުކުރާ ފަރާތްތަކަށް އޮތީ ނިމިދިއުމެވެ. 
މިގޮތުގެމަތިން މާތްﷲ ޢީސާގެފާނު ހަމަޖެއްސެވީ އެކަލާނގެ ތަނަވަސްވެގެންވާ މި ރަޙުމަތްފުޅު ޙާސިލު ކޮށްދެއްވުމަށެވެ. އެހެނީ ނަރަކައިގެ ގިނީން ސަލާމަތް ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ ތަނަވަސް ރަޙުމަތްފުޅުގެ ފައިދާ ހޯދާ ފަރާތްތަކަކީ އަހަރެމެންގެ މާތްސާހިބު ޢީސާގެފާނަށް އީމާންވެ ވަޑައިގެން އެކަލޭގެފާނަށް އިތުބާރު ކުރައްވާ ފަރާތްތައް ކަމުގައިވާނަމަ އެއުރެންނަށް ނިޢުމަތުގެ ބަގީޗާއިން ބައެއް ލިބިދެއެވެ. ނަމަވެސް މިނޫން ގޮތަކަށް އީމާންތެރިކަން ޚިޔާރުކުރާ ފަރާތްތަކަށް އޮތް ޢުގޫބާތަކީ އަބަދަށް ޓަކައި ނަރަކައެވެ. 
ވީމާ، ޢިސާގެފާނުގެ ޤުރުބާންވެ ވަޑައިގެންނެވުމާއި މެދުގައި އަހަރެމެން އިތުބާރު ކުރާނަމަ އަހަރެމެންގެ މާޒީގައި ކުރެވި ދިޔަ ފާފަ ތަކާއި އަދި ކުރިމަގުގައި ކުރެވޭނޭ ފާފަތައް ﷲ ޢަފޫ ކޮށްދެއްވައެވެ. އަދިހަމައެހެންމެ، ﷲ އަހަރެމެންނަށް ހުށަހެޅުއްވި އެކަލާނގެ ރަޙުމަތްފުޅުގެ ފުރުސަތު އަހަރެމެން ބަލައިނުގަނެ އަދި އަބަދަށް ޓަކައި ނަރަކައިގެ ހިޔާވަހި ވެސް ޚިޔާރު ކުރެވިދާނެއެވެ.
މި ފުރުސަތު އަހަރެމެން ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ؟ ގިޔާމަތް ދުވަހު ނުވަތަ ފައިސަލާ ކުރައްވާ ދުވަހުގެ ހަމައެކަނި މެދުވެރިއަކީ އަލްމަސީޙު ކަމުގައި އިތުބާރު ކޮށްގެންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވެ ވަޑައިގެންނެވުމުގެ މަތިވެރި ޤުރުބާނާއި މެދުގައި ވެސް އިތުބާރު ކޮށްގެނެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމުގެ ޤުރުބާނަކީ އަހަރެމެންގެ ފާފަތަކުގެ ބަދަލުގައި ﷲ ސާލިޙުވަންތަވެ ވޮޑިގެންނެވުމުގެ ޖަޒާކަމުގައި ބަލައިގެންނެވެ. އަދި އެކަލާނގެ އެންގެވި އެންގެވުންތަކަށް ތަބަޢަ ވެގެންނެވެ. މި އިލާހީ ފުރުސަތުގެ ނަފާ ލިބިގަތުމަށް އެދޭނަމަ މިފަދަ ދުޢާ އަކުން ﷲގެ ކިބަފުޅަށް ދުޢާ ދަންނަވާށެވެ. 
  އެންމެ ރަޙުމަތްވަންތަ ރަސްކަލާކޮ!
އެންމެތަކުންނެކޭ އެއްފަދައިން އަޅާއީ ފާފަވެރިއަކީން.
މާތްރަސްކަލާކޮ! އަޅާއަށް ޙައްގުވަނީ ނަރަކައިގެ އަނގުރު އަލިފާންމެ.
އެތަނުގެ އަނގުރު އަލިފާނާއިމެދު އަޅާ ބިރުވެތިވަމު.
އަބަދަށް ޓަކައި ވޭނުގައި ވުމަށް އަޅާ ނޭދެމު.
އިބަރަސްކަލާނގެ ބިނާ ކުރައްވާފައިވާ ސުވަރުގޭގައި އަޅާ ލައްވާނދޭވެ.
އަޅާ ޢީސާގެފާނު ބަލައިގަންނަނީ ރަޙީމްވަންތަ އިބަރަސްކަލާނގެ ދެއްވި ރަޙުމަތެއްގެ ގޮތުގައިމެ.
އެކަލޭގެފާނީ ގިޔާމަތުގެ މެދުވެރިޔާކަމުގައި އަޅު ދެކެމު.
އެކަލޭގެފާނުގެ ޤުރުބާންފުޅުގެ ސަބަބުން އިބަރަސްކަލާނގެ ދީލަތި މަޢާފް އަޅާއަށް ދެއްވާނދޭވެ.
ޢީސާގެފާނަށް ތަބަޢަވެ ތިއްބެވި އެހެނިހެން ފަރާތްތަކެކޭ އެއްފަދައިން އެކަލޭގެފާނަށް އީމާންވެ އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވާ ފަރާތެއްގެ ގޮތުގައި އަޅު ލިޔުއްވައި ހިމަނުއްވަވާނދޭވެ.
އަޅުގެ އެންމެ ފަހުވަގުތާ ހަމައަށް ވެސް އެކަލޭގެފާނަށް އީމާންވާ އަޅަކު ކަމުގައި ލައްވަވާނދޭވެ.
އަޅާގެ ޙަޔާތް އަބަދަށް ޓަކައި އިބަސުވާމީންގެ ކިބަފުޅަށް ހުށަހަޅަން.
އަޅުގެ ޙަޔާތް އަބަދަށް ޓަކައި މިގޮތުގައި ލައްވަވާނދޭވެ. އިބަރަސްކަލާނގެއީ ސާލިޙުވަންތަ ރަސްކަލާނގެ!  އާމީން.
 
