ތަޢާރަފް

މުސްލިމެއްގެ ގޮތުގައި އުފަންވާ ކޮންމެ ފަރާތަކީ ސުވަރުގެވަންތަ ވެރިއެއް ހެއްޔެވެ؟


އިސްލާމީ ޖަމާޢަތުގެ އެއް ބައަކު، އެބައިމީހުން އިސްލާމްދީން މަތީގައި ދެމި ތިބި ކަމުގައިވާނަމަ އެބައިމީހުންނަށް ސުވަރުގޭގެ ހިޔާވަހިކަމުން ޖާގަ ލިބިދޭނެކަމުގެ ޝަކުވާ އުފުލާހިނދު (އަނެއް ޖަމާޢަތުގެ މީހުން، މިސާލަކަށް މަސީޙީންނާއި ޔަހޫދީން، އެބައިމީހުން މަސީޙިއްޔަތަށް ތަބާވާނަމަ އެބައިމީހުންނަށް ސުވަރުގެއިން ހިޔާވަހިކަން ލިބިދޭނެ ކަމުގެ ޝަކުވާ އެއުރެން ވެސް އުފުލައެވެ. އަދި އެނޫން ދީންތަކުގެ މީސްތަކުންވެސް ބުނަމުން ގެންދަނީ އެބައިމީހުންނަށް ވެސް އެ ނިޢުމަތް ލިބޭނެ ކަމުގައެވެ.) މި ޝަކުވާއަކީ ތެދު ޙަގީގަތެއްބާވައެވެ؟ ޝައްކެތްނެތި އެނގޭ ކަމަކީ މީސްތަކުންގެ ވިސްނުމުގައިވަނީ އެބައިމީހުންގެ ކާބަފައިން ދެމި ތިބީ ޙައްޤު ދީންމަތީގައި ކަމެވެ. މިކަމާއިމެދު ކީރިތި ކަމާއެކު ޤުރުއާން ބުނެދެނީ:



ނޫނެކެވެ. އެމީހުން ބުންޏެވެ. ތިމަންމެންގެ ކާބަފައިން ދީނެއްގެމަތީ ތިބިތަން ތިމަންމެނަށް ފެނުނެވެ. އަދި އެމީހުން ހިނގިމަގުން ތިމަންމެން ހިނގަނީއެވެ. (ޒުހްރަފް ސޫރަތުގެ 22 ވަނަ އާޔަތް)

އެބައިމީހުން ދެންނެވޫއެވެ. ތިޔަ ދެބެއިކަލުން ތިޔަވަޑައިގަތީ އަހުރެމެންގެ ކާބަފައިން އުޅޭތީ އަހުރެމެނަށް ފެނުނު ގޮތުން އަހުރެމެން އެއްކިބާ ކުރައްވައި ތިޔަދެކަލުންނަށް (މިސްރުގެ) ވެރިކަން ހޯއްދެވުމަށްތޯއެވެ؟ އަހުރެމެން ތިޔަ ދެބޭކަލުންނަކަށް އީމާނެއް ނުވާހުށީމެވެ. (ޔޫނުސް ސޫރަތުގެ 78 ވަނަ އާޔަތް)

އިތުރު އާޔަތު: ޝުޢަރާއި 74، އަލްއަންބިޔާ 53، ޢައުރާފް 28، މާއިދާ 104


ވީމާ، މިއީ މީސްތަކުންގެ މެދުގައި އެބައިމީހުން ތިބި ދިނަކީ ޙައްޤު ދީން ކަމާއިމެދު އެބައިމީހުންގެ ވިސްނުން ގެންގުޅޭ ކަމުގެ ޢާންމު އުސޫލެވެ. އަދި އެބައިމީހުންގެ ކާބަފައިން ދެމިތިބި ދީނަކީވެސް ޙައްޤު ގޮތް (ޙައްޤު ދީން) ކަމުގައި އެބައިމީހުންގެ ވިސްނުމުން ނިންމައެވެ. ނަމަވެސް އެއުރެންގެ ކާބަފައިން ނުވަތަ އެންމެ ކުޑަމިނުން އެއުރެންގެ މައިންބަފައިން ދެމިތިބި ދީން މަތީގައި އެއުރެން ބިނާ ވުމުން އެއީ ޙައްޤު ގޮތް ކަމުގައި ނުވާނަމަ ދެއްވާ ޢުޤޫބާތާއިމެދު ކީރިތި ޤުރުއާން ބުނެދެނީ ކޮންއެއްޗެއްބާ؟ މިއީ ސުވަރުގޭގެ ހިޔާވަހިކަމުން އެއުރެންނަށް ބައެއް ލިބިދިނުންބާ؟ މިކަމުގައި ކީރިތި (ކަމާއެކު) ޤުރުއާން ބުނެދެނީ ކީކޭބާ؟


އެމީހުންގެ ގާތުގައި މާތްﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބަޢަވާށޭ ބުނެވިއްޖެނަމަ އެމީހުން ބުނާނެތެވެ. ނޫނެކެވެ. ތިމަންމެން ތަބަޢަވާ ހުށީ ތިމަންމެންގެ ކާބަފައިން ތިބިތަން ތިމަންމެންނަށް ފެނުނު ގޮތަކަށެވެ. ފަހެ، ނަރަކައިގެ ޢަޒާބަށް ޝައިތާނާ އެމީހުންނަށް ގޮވާކަމުގައި ވިއަސް (އެމީހުން ތަބަޢަވަނީ އެގޮތަށް) ބާވައެވެ. (ލުގްމާން ސޫރަތުގެ 21 ވަނަ އާޔަތް)

މާތްﷲ ބާވައިލައްވާފައިވާ ގޮތަށާއި، ރަސޫލާ އެންގެވި ގޮތަށް ތިޔަބައިމީހުން އަންނާށޭ އެމީހުނަށް ބުނެވިއްޖެނަމަ، އެމީހުން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެނަށް ފެނުނުގޮތް ތިމަންމެނަށް ފުދެއެވެ. އެބައިމީހުންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެން ނުވާ ބަޔަކު ކަމުގައި ވީނަމަވެސްހޭ؟ (މާއިދާ ސޫރަތުގެ 104 ވަނަ އާޔަތް)


އެހެންވީމާ، ތަފާތު ދީންތަކަށް މީހުން ތަބަޢަވާ ސަބަބަކީ ހަމައެކަނި އެބައިމީހުންގެ ކާބަފައިން އެ ދީނެއްގެ މަތީގައި ދެމިތިބި ދީންކަމުގައި ވުމުންނެވެ. ފަހަރެއްގައިވެސް އެ ދީނެއްގެ މަތީގައި ދެމިތިބުމުން ޚާއްސަ އިމްތިޔާޒު ތަކެއް ނުވަތަ ފައިދާއެއް ލިބިދޭތީއެއް ނޫނެވެ. މިފަދަ އިންސާނުންނަށް ނަރަކައިގައި މާތްﷲ ވޭނީ ޢުޤޫބާތް ދެއްވަތެވެ. ސަބަބަކީ އެއުރެން ﷲގެ އެންގެވުންތަކަށް އިޖާބަ ދީފައި ނުވާތީއެވެ. ނަމަވެސް އެއުރެން އިޖާބަ ދިނީ އެއުރެންގެ އަމިއްލަ ޢާއިލާ އަށާއި އިޖްތިމާޢީ އާދަކާދަ ތަކަށް ކަމުގައި ވީތިއެވެ. ކުރުގޮތަކަށް ބުނެވޭނީ، އެއްވެސް ދީނެއްގެ ހިޔާވަހި ކަމުގައި ވުމަކުން އޭގެ ޒާތުގައި ލިބިދެވޭ ނަފާ އަކީ އެ އިންސާނަކަށް ލިބިދެވޭ ހުރިހާ އިމްތިޔާޒު ތަކެއް ނޫންކަމުގައެވެ.
.

0 comments:

Post a Comment