ސުވަރުގެ


ސުވަރުގެއަށް ދެވޭހުށީ ކޮންބަޔަކަށް ހެއްޔެވެ؟
ސުވަރުގެއަށް ދާނޭ ފަރާތްތަކާއިމެދުގައި އަހަރެމެންނަށް އެނގެނީ ކޮން އެއްޗެއްހެއްޔެވެ؟ 

މިކަމުގައި  ކީރިތި ޤުރުއާން ބުނެދެނީ:
އެމީހަކީ މުއުމިނަކު ކަމުގައިވެގެންހުރެ، ހެއުކަންތަކުގެ ތެރެއިން ޢަމަލުކުރާ ފިރިހެނަކު، ނުވަތަ އަންހެނަކު ވިޔަސް، ފަހެ އެބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ. ކުޑަކުޑަ މިންވަރަކުން ވިއަސް އެބައިމީހުންނަށް އަނިޔާ ނުލިބޭނެއެވެ. (ސޫރަތުއް ނިޝާ 124 ވަނަ އާޔަތް)
އަދި އީމާންވެ ސާލިޙު ހެޔޮ ޢަމަލުތައް ކުރިމީހުންނަށް، ތިމަންސުވާމީންގެ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ އަދާކުރަން ނުޖައްސަވަމެވެ. އެމީހުންނީ ސުވަރުގޭގެ އަހުލުވެރީންނެވެ. އެމީހުން އެތާންގައި ޚުލޫދުވެ ދެމި ތިބޭނެއެވެ. (ޢައުރާފް ސޫރަތުގެ 42 ވަނަ އާޔަތް)
ހަމަކަށަވަރުން، އީމާންވެ، ހެއުކަންތައްކޮށް، އަދި އެބައިމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ރަސްކަންފުޅާއިމެދު، ހިތްތައް ހަމަޖެހި ހިމޭންވީ މީހުންނާއިމެދު ދަންނާށެވެ! އެބައިމީހުންނީ، ސުވަރުގެވަންތަ ވެރީންނެވެ. އެބައިމީހުންނީ އެ ސުވަރުގޭގައި ދާއިމަށް ދެމިތިބެނިވި ބައެކެވެ. (ހޫދު ސޫރަތުގެ 23 ވަނަ އާޔަތް)
توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. (މަރިޔަމް ސޫރަތުގެ 60 ވަނަ އާޔަތް)
މިއީ، އަހުރެމެން، އަހުރެމެންގެ އަޅުތަކުން ކުރެ، ތަޤުވާވެރިކަންމަތީ، ދެމިތިބެއްޖެ މީހުނަށް، ވާރުތަވާ މިލްކެއްގެ ގޮތުގައި، ލިބިދޭ، (ސުވަރުގޭގެ) ބަގީޗާއެވެ! (މަރިޔަމް ސޫރަތުގެ 63 ވަނަ އާޔަތް )
އީމާންވެގެންތިބެ ރަނގަޅު ޢަމަލުތައް ކުރާމީހުނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތްތައް އަބަދަށް ދެއްވާހުށީމެވެ. މަސައްކަތްކުރާ މީހުންގެ ޖަޒާވަނީ މަދަޙަ ކުރެވިގެންނެވެ. (ޢަންކަބޫތު ސޫރަތުގެ 58 ވަނަ އާޔަތް)
ހަމަކަށަވަރުން ތިމަންމެން ހައްދަވައި ބޮޑުކުރެއްވި ކަލާނގެއީ، ﷲއޭ ބުނެ، އަދި އެއަށްފަހު، ސީދާމަގުން ހިނގި މީހުން، އެމީހުންގެ މައްޗަށް ބިރެއް ނެތެވެ. އަދި، އެބައިމީހުންނީ، ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުވެއެވެ. އެބައިމީހުންނީ، ސުވަރުގޭގެ އަހުލުވެރީންނެވެ. އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. އެބައިމީހުން ޢަމަލު ކުރަމުން ދިޔަގޮތުގެ ޖަޒާއެއް ކަމުގައެވެ. (އަޙުގާފް ސޫރަތުގެ 13 އާއި 14 ވަނަ އާޔަތް)

އެހެންވީމާ، ސުވަރުގެވަންތަ ވެރީންގެ ގޮތުގައި ވާހުށީ:

  • ހެޔޮ ޢަމަލުތައް ކުޅަ މީހުންނާއި،
  • އީމާންވީ މީހުންނާއި،
  • އަމިއްލަ ނަފްސާއިމެދު ނިކަވެތިވީ ފަރާތްތަކާއި،
  • ތައުބާވެ،
  • ﷲއަށް އަޅުކަންކުޅަ،
  • ސާލިޙު ފަރާތްތަކާއި
އެ ގޮތުގައި ވުމަށް ގަދައަޅާއި މަސައްކަތް ކުޅަ ފަރާތްތައްކަން އަންގައި ދެއެވެ.

ސުވަރުގޭގެ ސިފަތަކަކީ ކޮބައިހެއްޔެވެ؟
 
ކީރިތި ޤުރުއާނުގައި އަންނަނިވި އާޔަތްތަކުން ސުވަރުގޭގެ ސިފަ ބާޔާން ކޮށްދެއްވާފައި ވެއެވ:
·       އެ ސުވަރުގޭގެ ދަށުން ފެންއާރުތައް ހިނގަހިނގާ ވެއެވެ.
ބަޤަރާ 25، ނިސާެ 13، 57، 122، މާއިދާ 12، 18، 119، ތައުބާ 72، 89، 100، ޔޫނުސް 9، އިބްރާހީމް 23، ޙައްޖު 14، 23، ފުރުގާން 10، މުޙައްމަދު 12، ފަތުޙްެ 5، 17، ހަދީދު 12، މުޖާދިލާ 22، ސަފް 12، ތަގާބުން 9، ތަލާގު 11، ތަޙުރީމް  8، ބުއްރޫޖު 11، އާލްޢިމްރާން 198، 195، 136، 15

·       ނިޢުމަތުގެ ސުވަރުގެ ތައް
މާއިދާ ސޫރަތުގެ 65، ތައުބާ 21، ޔޫނުސް 9، ޙައްޖު ސޫރަތު 56، ލުގްމާން 8، ސޮއްފާތި 43، ތޫރު 17، ވާގިޢާ 12، ގަލަމި 34،

·       "ޢަދަން" ކީ ސުވަރުގެ ނުވަތަ ބަގީޗާތައް
ތަޢުބާ 72، ރައްދި 23، ނަހްލު 31، ކަޙްފް 31، މަރްޔަމް 61، ތާޙާ 76، ފާތިރު 33، މުއުމިނު 8، ސަފް 12، ބައްޔިނާ 8،

·       ބަގީޗާތަކާއި ފެންއާރުތައް.
ޢިބްރާހިމް 45، ޝުއަރާެ 57، 134، 147، ދުއްޚާނި 25، 52، ޒާރިޢާތު 15

·       އަމާންކަންމަތީގައި ދެމިތިބޭނޭ ބަގީޗާ ތަކެއް
 ސަޖްދާ 19

·       ހިތްފަސޭހަ ކުރުމަށް ގޮސް ތިބޭނޭ ބަގީޗާ ތަކެއް
 ކަހަފް 107

·       ރައުޟާތު ތަކުގެ ބަގީޗާ ތަކެއް
ޝޫރާ 22

·       މަތިވެރި ވެގެންވާ ބަގީޗާތަކެއް
މަޢާރިޖް 35

·       ކޯރުތަކާއި ބަގީޗާތައް
ގަމަރް 54

·       ރަނުންނާއި ރަންމުތުން ގަހަނާ އެޅުވިގެންވާ ތަނެއް
ފާތިރު 33

·       އުޑުތަކާއި ބިންތައްފަދަ ތަނަވަސްކަންހުރި ސުވަރުގެތައް
އާލްއިމްރާން 133، ޙަދީދް 21،

·       އެބައިމީހުން އެދޭކަންތައް އެބައިމީހުންނަށްޓަކައި އެތާނގައިވެއެވެ.
ނަހްލު 31

·       ވަޒަންވެރިވެ ތިބޭނޭ ރަނގަޅު ގޯތިގެދޮރެވެ.
ތަޢުބާ 72، އައް-ޒުމަރު 11، 12

·       ހިތްގައިމު ޙަޔާތެއް ލިބިދޭ ސުވަރުގެ
ޙާއްގާ 22

·       ފަށުވި ފޭރާންތަކުން ފުރިގެންވީ ސުވަރުގެ
އިންސާނީ 12، ޢާޝިއާ 10

·       ކަދުރު ރުކާއި މޭބިސްކަދުރުގެ ބަގީޗާ
ތަޢުބާ 111، އިސްރާ 91

·       ތަގުވާވެރީންނަށް ވަޢުދު ވެވުނު ސުވަރުގެ އަދި  ދުވަސްވުމުގެ ސަބަބުން ބަދަލެއް ނައިސް ހުރި ސާފުފެނުގެ ކޯރުތައް.
މުޙައްމަދު 15، ރަޢުދު 35

މިތަނުގައި އަހަރެމެންނަށް ފާހަގަ ކުރެވުނު ނުކުތާ ތައް ނޯޓު ކޮށްލަމެވެ.

އެންމެފުރަތަމަ، ބަގީޗާގެ (ސުވަރުގޭގެ) ސިފަތަކާއި އެ ބަގީޗާ ފުރިހަމަ ކުރެވިގެން ވީގޮތާމެދުގައި ބަލައިލާނަމެވެ.: އެއް ޖަމާޢަތުގެ މީސްތަކުންގެ ދަޢުވާއަކީ އެތަނަކީ އެންމެ ކުޑަމިނުން ކައިބޮއި އަދި ޙޫރަލްޢީނުންނާއިއެކު ޖިންސީގުޅުން ހިންގުމުގައި އުފާ ކުރުމުގައިވީ ތަބީޢީ ޖަޒުބާތު އެކުލެވިގެންވާ މާހައުލެއްކަމުގައެވެ!
މިކަމާއިމެދު ކީރިތި ޤުރުއާން ބުނެދެނީ:

"ނުބައިކަމެއް ކޮށްފި މީހަކަށް، އެ ނުބައިކަމެއްގެ މިސާލުގައި މެނުވީ، ޖަޒާ ލިބިގެން ނުވާ ހުއްޓެވެ. ނަމަވެސް، ފިރިހެނުންކުރެ ވިއަސް، ނުވަތަ، އަންހެނުންކުރެ ވިއަސް، އީމާންވެއްޖެ މީހަކަށްހުރެ، ހެޔޮކަމެއް ކޮށްފި ކޮންމެ މީހަކުމެ، (ދަނެއު!) ފަހެ، އެކަހަލަ މީހުން، ސުވަރުގޭގެ ބަގީޗާތަކަށް، ވަންނަ ހުއްޓެވެ. އެތަނުގައި، އެމީހުންނަށް، ރިޒްޤް ލިބިގެން ވާހުށީ، ހިސާބެއް ނެތް މިންވަރަށެވެ." (މުއުމިނު ނުވަތަ ޣާފިރު ސޫރަތް 40 ވަނަ އާޔަތް)
އެމީހަކީ މުއުމިނަކު ކަމުގައި ވެގެންހުރެ، ހެޔޮކަންތަކުގެ ތެރެއިން ޢަމަލުކުރާ ފިރިހެނަކު، ނުވަތަ އަންހެނަކު ވިއަސް، އެބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ. ކުޑަކުޑަ މިންވަރަކުން ވިއަސް އެބައިމީހުންނަށް އަނިޔާ ނުލިބޭނެއެވެ. (ސޫރަތުއް ނިޝާ 124 ވަނަ އާޔަތް)

އެއުރެންނަށް ހެޔޮ ޖަޒާއެއް ނުވޭހެއްޔެވެ؟ އީމާންވީ އަންހެންތަކުންނަށް ޙައްގުވެގެންވާ ހެޔޮ ޖަޒާ ލިބިދިނުމުގައި ﷲ ދުރުމިނެއް މެދުވެރި ކުރައްވާކަމުގައި ބެލެވެއެވެ. އެހެނީ އީމާންވީ އަންހެންތަކުންނާއި ފިރިހެންތަކުންނަށް ލިބިދޭ ހެޔޮ ޖަޒާއަކީ ހަމަހަމަވެގެންވާ ކަމެއްކަމުގައި ނުވާނަމަ އެކަމުގައި އިންސާފުން އެއްކިބާވެފައިވާ ކަމުގައި ބެލެވެއެވެ. އެހެންވީމާ، ސުވަރުގެއަކީ އީމާންވީ އަންހެންތަކުންނާއި ފިރިހެންތަކުންނަށްމެ ހެޔޮ ޖަޒާ ލިބިދިނުމަށް ހުރި ތަނެއްމެއެވެ. އަދި އެއީ މި މާއްދީ ދުނިޔޭގެ އުފާތައް ލިބިދޭނެ ތަނެއްމެ ނޫނެވެ.

ދެވަނައަށް ފާހަގަ ކުރެވިފައިވަނި ކީރިތި ޤުރުއާނުގައި ބަޔާން ވެގެންވާ މޭވާގެ ބާވަތްތަކާއި ގަސްގަހާގެހީގެ އަސްލަށް ބަލާއިރު އެ ތަކެއްޗަކީ ހޫނު ގަދަ ސަރަޙައްދު ތަކުގައި ހެދޭ އަދި އެ ސަރަޙައްދު ތަކުން ލިބިދޭ ބާވަތްތައް ކަމުގައެވެ. މޭބިސްކަދުރާއި ކަދުރާ ސުވަރުގެއިން ލިބެން ހުންނައިރު ނާރިނގާއި އާފަލު ނުލިބޭނެބާ؟ ނޫނެކެވެ! ދީލާތި ޤުރުއާން ސުވަރުގެ ސިފަކޮށްދެނީ ކިތާބުލް މުގައްދަސްގައި ވެސް ސުވަރުގެ ސިފަކުރައްވާފައިވާ ފަދައިންނެވެ. ތެދުވެރި އީމާންތެރީން ގަބޫލުކުރަންވީ ޙަގީގަތަކީ ސުވަރުގޭގެ މި ތަސައްވުރު ސިފަކޮށްދީފައި އެވަނީ އޭރުގެ މާޙައުލާއި ގުޅޭގޮތުންނެވެ. އެހެނީ މިފަދައިން ބަޔާން ކުރުމުން މީސްތަކުންގެ ވިސްނުމަށް ފަސޭހައިން ސުވަރުގެ ސިފަ ކުރެވޭނޭތީއެވެ. ހަމަ ޔަޤީނުންވެސް ސުވަރުގެ ސިފަކޮށް ދިނުމަކީ ކުޅަދާނަ ވެގެންވާނޭ ކަމެއް ނޫނެވެ. އެތާނގެ ރީތިކަމާއި ފުރިހަމަކަމާއި ނިޢުމަތްތައް މާ މަތިވެރިގެންވެއެވެ.
ބަޔާންވެގެންވާ ފަދައިންނެވެ. އެހެނީ "އެއްވެސް ލޮލަކަށް ފެނިދެނިވެ، އެއްވެސް ކަންފަތަކަށް އަޑުއިވި، ނުވަތަ އިންސާނީ ވިސްނުމަށް ނުވަތަ ބުއްދިއަށް ޚިޔާލުކުރުންދަތި" ތަނެއް ކަމުގައެވެ.  
ޖިސްމާނީ މަންޒަރުތަކެއްގެ ސިފަކުރުމުން ސުވަރުގެ ސިފަކޮށްފައި އެވަނީ ކީއްވެހެއްޔެވެ؟ (މިސާލަކަށް: ހޫރަލްޢީނުންނާއި، މޭބިސްކަދުރު ދިޔައާއި، ގަސްގަހާގެއްސާއި، މޭބިސްކަދުރާއި، ކޯރުތަކާއި އަދި ބަގީޗާތަކުގެ މިސާލުގައެވެ.) އެއީ ކަނޑައެޅިގެން ޙަގީގަތެއް ކަމުގައި ވުމަކުން ނުވަތަ ޖިސްމާނީ ގޮތުން އެކަންތައްތައް ތަޖުރިބާ ކުރެވިފައި ވުމުގެ ސަބަބަކުންމެ ނޫނެވެ. ނަމަވެސް އެންމެހާ އާދަމުގެ ދަރީންނަށް އޮޅުންފިލުވައި ދިނުމުގެ ބޭނުމުގައެވެ. އެހެނަސް އެތަނުގެ (ސުވަރުގޭގެ މަތިވެރިން) އިންސާނާ މޮށިއުޅޭ ބަހުރުވައިން ސިފަކުރުމަކީ މުސްތަޙީލު ކަމެކެވެ. ވީމާ، ސިފަކުރެވިދިޔަ ކަންތައްތަކަކީ މަންޒަރުންނާއި ބުނާބަހުން ސިފަކުރެވޭނެ މިންވަރެވެ. އެހެނަސް ﷲ ބާވައިލެއްވި އެއްވެސް ފޮތެއްގައި މިކަން މިމަގުން ސިފަކޮށް ބަޔާން ކުރައްވާފައި ނުވޭމެއެވެ. އެހެނީ މިފަދަ ސިފަކުރުންތަކަށް ވުރެން ސުވަރުގޭގެ މަތިވެރިކަމާއި ތަނަވަސްކަން މާ ބޮޑެވެ.
ކީރިތި ޤުރުއާން ބުނެދެނީ:  
ތަގުވާވެރީންނަށް ވަޢުދު ވެވުނު ސުވަރުގޭގެ މިސާލެވެ. ދުވަސްވުމުގެ ސަބަބުން ބަދަލެއް ނައިސް ހުރި ސާފުފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރު، ރާގެ ކޯރު ތަކާއި، ސާފުވެވިގެންވާ މާމުއިގެ ކޯރުތައް، އެތާނގައިވެއެވެ. އަދި، އެންމެހައި، ބާވަތުގެ މޭވާތަކާއި، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން އަންނަ ފާފަ ފުއްސެވުމެއް އެބައިމީހުންނަށް ހުއްޓެވެ. (އެ އެންމެހައި ނިޢުމަތްތައް ލިބިގެންވާ މީހުން) އެމީހަކު ނަރަކައިގައި ދެމިހުރެ އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެބައިމީހުންނަށް ބޯންދެވި، އަދި އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެން ދިޔަމީހަކާއި އެއްފަދަ ވެގެންވޭހޭ؟ (ސޫރަތުއް މުޙައްމަދު 15)
ﷲއަށް ބިރުވެތިވެ، ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބެއްޖެ މީހުންނަށް ދެއްވުމަށް، އެކަލާނގެ ވަޢުދު ކުރައްވާފައިވާ، ސުވަރުގެއިގެ މިސާލެއް (ބުނަމެވެ.) އެތަނުގެ ދަށުން، އާރުތައް އޮހޮރޭނެއެވެ. އެތަނުން ލިބެނިވި މޭވާތަކާއި، އެ މެވާތަކުގެ ގިނަގުނަކަން (ޢަދަދު ނުކުރެވޭހުށިމެއަ!) މިއީ، ﷲއަށް ބިރުވަތައި، ހެއު ޢަމަލު ކުރުން މަތީ ދެމި ތިބެއްޖެ މީހުންނަށް ހުރި ޖަޒާއެވެ. އަދި (ދަނެއު!) ކާފިރުވެއްޖެ މީސްތަކުންނަށް، ލިބެނިވި، ރައްދު ޖަޒާއަކީ، ނަރަކައިގެ އަލިފާން (ފިއަވައި އެހެން އެއްޗެއް ނޫ) ނެވެ! (ސޫރަތުއް ރަޢުދު 35 ވަނަ އާޔަތް)

ވީއިރު، ތަނަވަސް އަދި އެފަދަ މަތިވެރި ފަރާތަކީ ކޮބައިހެއްޔެވެ؟ ޝައްކެތްނެތެވެ. އެއީ ﷲ، އެކަލާނގެ ޒާތުފުޅުގައެވެ. ﷲ އެދިވޮޑިގަންނަވަނީ އެކަލާނގެ އާއި އަހަރެމެންނާއި ދެމެދުގައިވާ ގުޅުން ފުރިހަމައަށް ގާއިމު ކުރެއްވުމަށެވެ. އަދި މަތިވެރި ޝަރަފެއް އިންސާނާއަށް ލިބިދޭނެ ސުވަރުގޭގައި އެ އިންސާނުންނާއި އެކުގައި އެކަލާނގެ ވޮޑިގެން ވުމަށްވެސް މެއެވެ.

0 comments:

Post a Comment