އެހެނިހެން ނަބިއް

ކީރިތި ޤުރުއާނުގައި އެހެނިހެން ނަބިއްޔުންނާއި ރަސޫލުންނަކީ ފާފަވެރިން ކަމުގައި ބަޔާން ކުރައްވާފައި ވޭތަ؟

ބައެއް ނަބިއްޔުންނާއި ރަސޫލުންނާއިމެދު ކީރިތި ޤުރުއާނުގައި މިފަދައިން ބަޔާންވެގެން ކަމުގައި އަހަރެމެންނަށް ފެނިދެނިވެއެވެ. (އެ ނަބިއްޔުއްންނަށް ސަލާމާއި ބަރަކާތް ލައްވާށިއެވެ.)

އާދަމްގެފާނާއި ޙައްވާގެފާނާއިމެދުގައި ބަޔާން ވެގެންވަނީ:
އެ ދެކަނބަލުން ވިދާޅުވިއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެންގެ އަމިއްލަ ނަފްސަށް ތިމަންމެން އަނިޔާވެރި ވެއްޖައީމެވެ. އަދި ތިމަންމެންނަށް އިބަސުވާމީންގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙުމަތް ނުލައްވައިފިނަމަ، ތިމަންމެން ވާހުށީ ދެރަކަން ލިބި ގެއްލިފައިވާ މީހުންގެ ތެރެއިންނެވެ. (ސޫރަތުއް އަޢުރާފް 23 ވަނަ އާޔަތް)
ފަހެ، އެ ދެކަނބަލުން މަނާ ކުރެވިފައިވާ ގަހުން ފަރީއްކުޅުއްވިއެވެ. ދެން، އެ ދެކަނބަލުންނަށް އައުރަ ފާޅުވުމުން (ނުވަތަ ޖިންސުގެ ޣަރީޒާ ފާޅުވުމުން) ސުވަރުގޭ ފަތްތަކުން ނިވާކުރުއްވުމަށް އުޅުއްވަތެވެ. އާދަމްގެފާނު އެކަލޭގެފާނު ހެއްދެވި ކަލާނގެ އަމުރުފުޅަށް ކިޔަމަންވެވަޑައި ނުގެންނެވުމުގެ ސަބަބުން އެކަލޭގެފާނުންގެ ދިރިއުޅުއްވުން ފަސާދަ ވެއްޖެއެވެ. (ސޫރަތުއް ތާހާ 121 ވަނަ އާޔަތް)

ނޫޙުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
ނޫޙު ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޯއެވެ! ތިމަންއަޅާއަށް އެކަމާއިމެދު އެނގުމެއްނުވާ ކަންތައް އިނބަސުވާމީންގެ ޙަޟުރަތުން އެދި ދެންނެވުމު (ގެފާފައި) ން ތިމަންއަޅާ ސަލާމަތް ކުރެއްވުން އެދި އިނބަސުވާމީންގެ ޙަޟުރަތަށް ދަންނަވަމެވެ. އިބަސުވާމީންގެ ތިމަންއަޅާއަށް ރަޙުމަތްލައްވާ ފާފަ ނުފުއްސަވާނަމަ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވާނެއެވެ. (ސޫރަތުއް ހޫދު 47 ވަނަ އާޔަތް)
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނަށާއި ތިމަންކަލޭގެފާނުގެ ބައްޕައާއި މަންމައަށް ފާފަފުއްސަވާނދޭވެ. އަދި އީމާން ކަމުގައި ތިމަންކަލޭގެފާނުގެ ގެއަށް ތިމަންކަލޭގެފާނުގެ ގެއަށް ވަދެއްޖެ މީހުނަށާއި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް ފާފަފުއްސަވާނދޭވެ. އަދި އަނިޔާވެރި ކާފިރުންނަށް ހަލާކުނޫން އެހެންކަމެއް އިތުރެއް ނުވެއެވެ. (ސޫރަތުއް ނޫޙު 28 ވަނަ އާޔަތް)

އިބްރާހީމްގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
ގިޔާމަތް ދުވަހުން އަހުރެންގެ ފާފަ ފުއްސެވުމަށް އަހުރެން އެދެނީ އެކަލާނގެ ކިބަފުޅުންނެވެ. (ސޫރަތުއް ޝުޢަރާ 82 ވަނަ އާޔަތް)
"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނު ތަކުންނަށް ހިސާބު ބައްލަވާ ދުވަހުގައި، ފާފަ ފުއްސެވުމާއި، މަޣްފިރަތު ދެއްވައިފާނދޭވެ!" (ސޫރަތުއް އިބްރާހީމް 41 ވަނަ އާޔަތް)

ނޫޙުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
15. ދެން އެއްފަހަރަކު، އެރަށުގެ އަހްލުވެރިތަކުން ސަމާލުކަން ކުޑަކޮށްލައިގެން ތިބި ވަގުތެއްގައި، އޭނާ (މޫސާ) ރަށު (ތެރޭ) ގެ ކަންތައް ބަލައިލުމަށް ނުކުތެވެ! އޭނާއަށް ފެނުނީ، ދެމީހަކު (އަރައިރުންވެ) ތަޅާފޮޅާތަނެވެ! އެއިގެތެރެއިން، އެކަކީ، މޫސާގެ ބައިގެ މީހެކެވެ. އަނެކަކީ، އޭނާގެ ޢަދުއްވުންގެ ބައިގެ މީހެކެވެ. ދެން އޭނާގެ ބައިގެ މީހާ، އޭނާގެ ޢަދުއްވުގެ ކިބައިން މިންޖުކޮށްދިނުމަށް އެދި، މޫސާއަށް، ގޮވައިލިއެވެ. އެހިނދު މޫސާ، އޭނާގެ އަދުއްވުގެ ގައިގައި، ގޮށްމުށްކަވާފައި، އެތިފަހަރެއް، އަޅައިވިހެލިއެވެ! އެ އެތިފަހަރުން، އޭނާގެ ޢަދުއްވުކަލޭގެ، މަރުވެގެން ވެއްޓުނެވެ! މޫސާ ބުންޏެވެ. : "މިހެން މި ވިހެލީ، މިމީހާގެ އަމަލަކީ، ޝައިތާނާގެ ޢަމަލު ކަމުގައި ވީމައެވެ! އަދި، ހަމަ ކަށަވަރުން، ޝައިތާނާއަކީ، ކަނޑައެޅިގެންހުރި، މަގުފުރެދުންތެރިއެކެވެ! 16. ދެން މޫސާ ދުޢާ ކުޅައެވެ. "އަޅުގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅާއަށް، މިކަންކުރެވުނީ (އަޅުގެ އަދުއްވުންގެ ކިބައިން) އަޅުގެ އަމިއްލަ ނަފްސަށް ދެރަ ލިބިދާނޭ ގޮތަކަށެވެ! ވީއިރު، އިނބަސުވާމީންގެ (ރަޙުމަތުން) އަޅު (އެއުރެންގެ ނުބައިކަމުން) ސަލާމަތް ކުރައްވައި، ރައްކައުތެރި ކުރައްވައިފާނދޭވެ!" ދެންފަހެ، އެކަލާނގެ، އޭނާ ރައްކައުތެރި ކުރެއްވިއެވެ! ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ (ރައްކައުތެރި ކުރައްވާ ވޮޑިގަންނަވާ) ރަޙީމުވަންތަ، ރަސްކަލާނގެއެވެ! (ސޫރަތުއް ގަސަސި 15 އާއި 16 ވަނަ އާޔަތް)

ހާރޫނުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
(ކުރީގެ އާޔަތާއި ގުޅިގެން) ކަލޭގެފާނު ތިމަންކަލޭގެފާނަށް ތަބަޢަވެވަޑައި ނުގަންނަވަނީހެއްޔެވެ؟ ފަހެ ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަމުރުފުޅަށް ކިޔަމަންވެވަޑައި ނުގަންނަވަނީ ހެއްޔެވެ؟ (ތާހާ ސޫރަތުގެ 93 ވަނަ އާޔަތް)

މޫސާގެފާނާއި ހާރޫނުގެފާނާއި ދެބޭކަލުންނާއިމެދުގައި ބަޔާން ވެގެންވަނީ:
މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ތިމަން އަޅާއަށާއި، ތިމަން އަޅާގެ އަޚާއަށް ފާފަ ފުއްސަވާފާންދޭވެއެވެ! އަދި، އިބަސުވާމީންގެ ރަޙުމަތުގެ ތެރެއަށް، ތިމަންމެން ވައްދަވައިފާންދޭވެއެވެ! އިބަސުވާމީންގެއީ، އެންމެބޮޑަށް ރަޙުމަތްލައްވާ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ! (ސޫރަތުއް އަޢުރާފް 151 ވަނަ އާޔަތް)
އަހަރެމެން އެންމެފުރަތަމަ އީމާންވީ ބަޔަކަށް ވުމުގެ ސަބަބުން އަހުރެމެން ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ އަހުރެމެންގެ ކުށްފާފަތައް ފުއްސެވުމަށް އަހުރެމެން އެދެމުއެވެ. (ސޫރަތުއް ޝުޢަރާގެ 51 ވަނަ އާޔަތް)

ދާއޫދުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
(ދެން ދަޢުވާލިބޭ މީހާ އެކަމަށް އިގްރާރު ވުމަށްފަހު) ދާއުދުގެފާނު ވިދާޅުވިއެވެ. ކަލޭގެ ބަކަރި އޭނާގެ ބަކަރި ތަކުގެ ތެރެއަށް އިތުރު ކުރުމަށް އެދުމުން އޭނާ ކަލެއަށް އެކުރީ އަނިޔާއެކެވެ. (މުދާ އެއްކޮށްލައިގެން އުޅޭ) ބައިވެރިންގެ ގިނަމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. ނަމަވެސް އީމާންވެ ސާލިޙު ޢަމަލުކުޅަ މީހުން އޭގެތެރެއިން އިސްތިސްނާވެއެވެ. އެމީހުންނަކީ ވަރަށް މަދު ބައެކެވެ. އަދި، ދާއޫދުގެފާނަށް ތިމަންސުވާމީންގެ އެކަލޭގެފާނު އިމްތިޙާނެއް ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. އެހިނދު އެކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ކިބަފުޅަށް އިސްތިޣުފާރު ކުރެއްވިއެވެ. އަދި ސަޖިދައަށް ތިރިވެ ވަޑައިގެން ތައުބާވެ ވަޑައިގަތެވެ. (ސޫރައްތުއް ސާދު 24 ވަނަ އާޔަތް)

ސުލައިމާނުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
32. (އެ އަސްތައް ބައްލަވައި ނިމުނު ހިނދު އިރު އޮސްފުހިއްޖެއެވެ. ޢަޞްރު ވަގުތުގައި ކުރައްވާ ނަމާދު ފާއިތުވެ ހިނގައްޖެއެވެ.) ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ހައްދަވައި ބޮޑުކުރެއްވި ރަސްކަޅާނގެ ހަނދުމަކޮށް ޒިކުރު ކުރުން ފިޔަވައި އިރު ފަރުދާވެ ނިވާވީއިރުވެސް، އަހަށް ލޯބިކުރުން މާ ބޮޑުވެފައި (ހުރެވިއްޖެއެވެ.) 35. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅުގެ ފާފަ ފުއްސަވާނދޭވެ! އަދި އަޅު ފިޔަވައި އެހެން އެކަކަށް ވެސް އެކަށީގެންނުވާފަދަ ރަސްކަމެއް އަޅަށް ދެއްވާނދޭވެ! އިނބަސުވާމީންގެއީ ތަކެތި ދެއްވާ ދީލަތި ރަސްކަލާނގެއެވެ. (ސޫރަތުއް ސާދުގެ 32 ވަނަ އާޔަތާއި އަދި 35 ވަނަ އާޔަތް)

ޔޫނުސްގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
އަދި ޒަންނޫނި (ޔޫނުސް) ގެފާނު (އޭނާގެ ގައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަންސުވާމީންގެ ކުޅަދުންވަންތަވެގެން ނުވާ ކަމަކަށް ހީކުރެއްވި ހިނދު (ތިމަންސުވާމީންގެ އިރާދަ ކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ.) ދެންފަހެ، އަނދިރި ތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިނބަސުވާމީންގެ ފިޔަވައި އިލާހަކު ނުވެއެވެ. އިނބަސުވާމީންގެ ހުސް ތާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. (ސޫރަތުއް އަންބިޔާ 87 ވަނަ އާޔަތް)
އެވަގުތު މަހެއް އައިސް އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލީއެވެ. (އެކަން އެހެން އެވީ) މަލާމާތް ލިބޭފަދަ ކަންތައްތަކެއް ކުރައްވާފައިވާ ޙާލުގައެވެ. (ސޫރައްތުއް ސައްފާތި 142 ވަނަ އާޔަތް)

މުޙައްމަދުގެފާނާއި މެދުގައި ބަޔާން ވެގެންވަނީ:
އެއީ، ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން، އިސްވެދިޔަ ކަންތަކާއި، ފަސްވެގެންވާ ކަންތަކުގެ ފާފަ، ކަލޭގެފާނަށް މާތްﷲ ފުއްސަވައި ދެއްވުމަށް ޓަކައެވެ. އަދި، އެކަލާނގެ ނިޢުމަތް ކަލޭގެފާނުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވުމަށް ޓަކައެވެ. އަދި، ސީދާވެގެންވާ ތެދުމަގަށް، ކަލޭގެފާނަށް މަގު ދެއްކެވުމަށް ޓަކައެވެ. (ސޫރަތުއް ފަތްޙު 2 ވަނަ އާޔަތް)
ފަހެ، ﷲ މެނުވީ އިލާހަކު ނެތްކަން، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި، ކަލޭގެފާނުންގެ ކުށަށާއި، އަދި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ޓަކައި، ކަލޭގެފާނު އިސްތިޣުފާރު ކުރައްވާށެވެ. ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ މަސައްކަތުގެ ވަގުތުގައި އުޅޭގޮތާއި، އަރާމުގެ ވަގުތުގައި އުޅޭގޮތް މާތްﷲ ދެނެވޮޑިގެން ވެއެވެ. (ސޫރަތުއް މުޙައްމަދު 19 ވަނަ އާޔަތް)
ވީއިރު. (އޭ މުޙައްމަދު!) އިސްތިގުލާލުހުރި ހިތްވަރުގަދަ، ކެތްތެރި، ގޮތުގައި، ހުންނަހުށިކަމެވެ! ހަމަކަށަވަރުން، ﷲ ކުރައްވާފައިވާ ވަޢުދަކީ ޙައްގު  (ތެދު) އެވެ! އަދި، އބަގެ އޮތްނަމަ އޮތް އުނިކަމެއްގެ މައްޗަށް، ރައްކައުތެރިކަން ދެއްވުންއެދި، (ﷲއަށް) ދަންނަވާހުށިކަމެވެ! އަދި، ހަވީރަށާއި، ހެނދުނަށް، އިބަގެ ރަސްކަލާނގެ ރަސްކަންފުޅަށް، ޙަމްދު (ތަޢުރީފު) އާއިއެކު، އެކަލާނގެ ހުސް ތާހިރު ވަންތަ ކަމުގެ މައްޗަށް ހެކިވެ، ސަނާ ދަންނަވާހުށި ކަމެވެ! (ސޫރަތުއް ޣާފިރު ނުވަތަ މުއުމިން 55 ވަނަ އާޔަތް)
އަދި، ފާފަ ފުއްސެވުމަށް މާތްﷲގެ ޙަޟުރަތުން އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން މާތްﷲއީ ފާފަ ފުއްސަވާ، ރަޙުމަތްވަންތަ ރަސްކަލާނގެއެވެ. (ސޫރަތުއް ނިސާ 106 ވަނަ އާޔަތް)

އެކަލޭގެފާނުން (މުޙައްމަދުގެފާނުން) ގެ މޫނުފުޅަށް ރޫއަރުއްވަވައި ހިތްޕުޅާ ނުވުމުގެ ގޮތް މޫނުފުޅުން ދެއްކެވިއެވެ. އަދި، ފުރަގަސް ދެއްވައި އެނބުރި ވަޑައިގަތެވެ. 2. ލޯފަންމީހާ އެކަލޭގެފާނުންގެ އަރިހަށް އައުމުންނެވެ. (ސޫރަތުއް ޢަބަސަ 1 ވަނަ އާޔަތާއި 2 ވަނަ އާޔަތް)
ފަހެ، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބައަށް ޙަމްދު ސަނާއިން، ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ! އަދި، އެކަލާނގެ ކިބައަށް އަސްތަޣުފާރު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތައުބާ ގަބޫލު ކުރައްވާ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެން ވެއެވެ. (ސޫރަތުއް ނަސްރު 3 ވަނަ އާޔަތް)
އަދި، ކަލޭގެފާނުން އުފުއްލަވާން ޖެހިފައިވާ ބުރަތައް، ކަލޭގެފާނުންގެ ކިބައިން ތިމަންސުވާމީންގެ ލުއި ކުރެއްވީމެވެ. (ސޫރަތުއް ޝަރްޙި 2 ވަނަ އާޔަތް)
އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއޭ! ފާފަ ފުއްސަވައި ރަޙްމަތް ލައްވައިފާނދޭވެއެވެ. އިނބަސުވާމީންގެއީ، ރަޙްމަތް ލައްވާ އެންމެ ހެއު ރަސްކަލާނގެއެވެ. (ސޫރަތުއް މުއުމިނީން 118 ވަނަ އާޔަތް) 

މި ކަންތައްތައް ޚުލާސާ ކުރާއިރުގައި ޔަގީންކަމާއެކުގައި އެއީ ތެދެއްކަމުގައި ބުނެވެއެވެ. މަރްޔަމްގެފާނުންގެ ދަރިކަލުން ޢީސާ އަލްމަސީޙަކީ ފާފައިން އެއްކިބާވެގެންވީ ހަމައެކަނި ފަރާތް ކަމުގައެވެ.