ﷲގެ ރަޙުމަތްފުޅު


ﷲގެ ރަޙުމަތްފުޅު އަހަރެމެންނަށް ޓަކައި ހުށަހެޅިގެން ވެއެވެ.
ﷲގެ ރަޙުމަތްފުޅު އަހަރެމެން ޙާސިލުކުރުމަށް އެކަލާނގެ ވަރަށް ސާފުކޮށް އަހަރެމެންނަށް އެކަމުގެ ފުރުސަތު ދެއްވާފައިވެއެވެ. ކީރިތި ގުރުއާން ބުނެދޭ ގޮތުގައި އެއީ އަހަރެމެންގެ މާތް ސާހިބާ މަރްޔަމްގެފާނުންގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނެވެ.

އެ މަލަކު ބުންޏެވެ. "ތިޔަހެންމެއެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙީ ކުރައްވައެވެ. "އެއީ، އަހުރެންނަށް ދާދި ފަސޭހަ ކަމެކެވެ! އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!" (ސޫރަތުއް މަރްޔަމް 21 ވަނަ އާޔަތް)

ވަރަށް ފަރުވާތެރިކަމާއެކު ބަޔާންވެ ދިޔަ އާޔަތާއިމެދު އަހަރެމެން ބަލާލަމާ ހިނގާށެވެ. ސަބަބަކީ އެ އާޔަތުގައިވާ ވަންހަނާ ވުމާއި، އަދި ﷲގެ ރަޙުމަތްފުޅު އިންސާނާއަށް ލިބިދޭ ޝަރުތު އެ އާޔަތުން ފެނިގެންވާ ކަމެވެ.

ފުރަތަމައަށް، މިއާޔަތުގެ މައިގަނޑުގައި އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!" އެހެން ޢިބާރަތާކުން ބުނާނަމަ މިއީ ﷲގެ ރަޙުމަތްފުޅު ލިބިދިނުމަށް އޮތް ހަމަ އެކަނި މަގެވެ.

ދެވަނައަށް، އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އެހެނީ އެއުރެން ކޮންމެ ދީނެއްގައި ހުރިކަމުގައި ވިނަމަވެސްމެއެވެ.

ތިނަވަނައަށް، "އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!" އެހެނީ، މިކަމަކީ މާކުރިން ހަމަޖެހި ނިމިފައިވާ ކަމެކެވެ. އިތުރު އެހެން އެއްވެސް މަގެއް މި މަގު ފިޔަވައި ނުވެއެވެ.

ޚުލާސާކޮށް ބުނެދޭ ހިނދު، މި އާޔަތްތަކުގެ މަޢުނައީ މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢިސާގެފާނަކީ އެންމެތަކުންގެ މައްޗަށް ﷲ ފޮނުއްވި ރަޙުމަތެވެ. އެހެނީ ގިޔާމަތަށް ދާންދެން މިކަމަކީ ބަދަލުކުރެވޭނޭ ކަމެއް ނޫންކަމެވެ. އެހެންވީމާ، ﷲގެ ރަޙުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަހަރެމެންގެ މާތްސާހިބު، މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢީސާގެފާނުންގެ މެދުވެރި ކުރެއްވުމުންނެވެ. ނުވަތަ އެއަށްވުރެން އަގުހުރި ގޮތެއްގައިނަމަ، ﷲގެ ރަޙްމަތްފުޅު އަހަރެމެންނަށް ދެއްވީ މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢީސާގެފާނު އިންސާނީ ސޫރައިގައި އަހަރެމެން އެންމެ ތަކުންގެ މެދުގައި ވުމުންމެއެވެ. އަދި މި ކަން އެއްވެސް ފަރާތަކުން ނިގުޅައި ގަތުމުގެ ކުޅަދާނަކަން ލިބިގެން ނުވެއެވެ. ﷲވަނީ މިކަން މިމަގުން ހިނގުމުގެ  ކުރީގައިވެސް މިފަދައިން ފައިސަލާ ކުރައްވާފައެވެ.   
އެހެންވީމާ، "އަހުރެންނީ ފާފަވެރިއެއްކަމުގައި އަޅާ ދަންނަމު. އަދި އަޅާއަށް ޙައްގުވެގެންވަނީ ނަރަކައިގެ އަލިފާންމެ. ނަމަވެސް ﷲއީ ފާފަ ޢަފޫކޮށްދެއްވާ އަދި ރަޙުމަތްވަންތަ ރަސްކަލާނގެއެވެ. އަދި ގިޔާމަތްދުވަހުން އެކަލާނގެ ތަނަވަސް ރަޙުމަތްފުޅުން އަހުރެންގެ ފާފަތައް ޢަފޫކޮށްދެއްވަތެވެ." މިފަދައިން ބުނާ ފަރާތްތަކަށް ﷲ ޖަވާބުދާރީވެވޮޑިގަންނަވާހުށީ ކިހިނަކުންހެއްޔެވެ؟

އެދުވަހުން އެކަލާނގެ މިފަދައިން ވަޙީ ކުރައްވަތެވެ. "މާއްދީ ދުނިޔޭގައި ތިޔަބައިމީހުން ވީހިނދު، އިންސާނީ ޙަޔާތަށް މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢީސާގެފާނު އިންސާނީ ސޫރައިގައި ތިޔަބައިމީހުންގެ ކައިރިއަށް ފޮނުއްވައި ތިމަންސުވާމީންގެ ރަޙުމަތްފުޅު ތިޔަބައިމީހުންނަށް ދެއްކީމުއެވެ. މިކަން މިމަގުން ހިނގައި ދިއުމުގެ ކުރިން ތައުރާތުގައި ތިމަންސުވާމީންގެ ވަޙީކުރައްވައި ތިޔަބައިމީހުންނަށް އެންގެވީމެވެ. ހަމައެހެންމެ މާތްވެގެންވީ އިންޖީލުގައި މިކަން މިމަގުން ހިނގާނޭކަން ވަޙީކުރައްވައި ތަފުސީލުކޮށްދިނީމުއެވެ.  އަދި ކީރިތި ޤުރުއާނުގައި މިކަން މިމަގުން ހިނގާނޭ ކަމުގެ އިޢުލާނު ކުރެއްވީމުއެވެ. ހަމައެހެންމެ، ތިޔަބައިމީހުންނަށް ތިމަންސުވާމީންގެ ތިން ފުރުސަތެއް ދެއްވީމުއެވެ. އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ތިޔަބައިމީހުން ނުހިފީމުއެވެ. އެހެންވީމާ، ތިޔަބައިމީހުން މިއަދު ތިޔަ އެދޭ ތިމަންސުވާމީންގެ ރަޙުމަތްފުޅު ލިބިދިނުމަށް އަދު ތިމަންސުވާމީންގެ ޢުޒުރުވެރި ވަމެވެ. ތިޔަބައިމީހުންގެ ހިޔާވައްސަކީ އަބަދަށް ދެމިގެންވާ ނަރަކައެވެ. ތިޔަބައިމީހުންގެ ނިންމުން ތިޔަބައިމީހުން ކަނޑައެޅިއެވެ. ތިމަންސުވާމީންގެ ކަނޑައެޅުން ތިމަންސުވާމީންގެ ވެސް ފައިސަލާ ކުރެއްވީއެވެ. ތިޔަބައިމީހުން ތިމަންސުވާމީންގެ އާއި ދުރަށް ގޮސް އަބަދަށް ޓަކައި ނަރަކައަށް ހުށަހެޅިގަންނާހުށިކަމެވެ.

އަހަރެމެންނަށް ހުށަހެޅިފައިފައިވާ ރަޙުމަތްފުޅުގެ މަޢުނައަކީ ޢީސާ އަލްމަސީޙު ކަމުގައި ވެގެން ދިޔައީ ކީއްވެ؟

ކީރިތި ޤުރުއާން ބުނެދެނީ:
އެ މަލަކު ބުންޏެވެ. "ތިޔަހެންމެއެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙީ ކުރައްވައެވެ. "އެއީ، އަހުރެންނަށް ދާދި ފަސޭހަ ކަމެކެވެ! އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!" (ސޫރަތުއް މަރްޔަމް 21 ވަނަ އާޔަތް)

މި އާޔަތް ބުނެދެނީ މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު އީސާގެފާނީ ﷲގެ ރަޙުމަތްފުޅު ލިބުމުގައިވީ ހަމައެކަނި މަގު ކަމުގައެވެ. އެއީ ކީއްވެހެއްޔެވެ؟ މި އާޔަތާއި ޖެހިގެން މިއަންނަ އާޔަތަށް ބެލުމުން އެކަން އަހަރެމެންނަށް އެނގިދެއެވެ.:

އެ މަލަކު ބުންޏެވެ. "އަހުރެންނަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލަކީމެވެ! (އެކަލާނގެ ވަޙީ ކުރައްވައެވެ.): 'އަހުރެން، ކަމަނާއަށް، އުޅުން މަތި (ނުހަނު) ތާހިރު، (ސާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާހުށީމެވެ!'" (ސޫރަތުއް މަރްޔަމް 19 ވަނަ އާޔަތް)

މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢީސާގެފާނީ ފާފައިން ހުސްދުރުވެ ވަޑައިގެން ހުންނެވި ފަރާތެވެ. އެހެނީ އެކަލޭގެފާނީ އެންމެހާ ކުށްފާފަތަކުން ހުސްދުރުވެ ވަޑައިގެން ހުންނެވި ހަމައެކަނި މަޢުސޫމު ފަރާތްމެއެވެ. އެހެން ރަސޫލެއް ނުވަތަ ނަބީބޭކަލަކާއި މެދުގައި މިފަދައިން ބަޔާން ކުރައްވާފައި ވޭހެއްޔެވެ؟ ނޫނެކެވެ! އެންމެހާ ރަސޫލުންނާއި ނަބިއްޔުންގެ މެދުގައި ހަމައެކަނި ޚާލިސް ކަމާއި އެކުގައި ތާހިރު ވެގެންވާ ހަމައެކަނި ފަރާތް ކަމުގައި ބަޔާން ކުރައްވާފައިވަނީ އަލްމަސީޙު ޢީސާގެފާނެވެ.

0 comments:

Post a Comment