ކޮބައިހެއްޔެވެ؟

ނަރަކައަށް ހުށަހެޅޭނެ ފަރާތްތަކަކީ ކޮބައިހެއްޔެވެ؟

މި މާއްދީ ދުނިޔޭގައި ޙަޔާތް ވޭތުކުރަމުން ގެންދާ ގިނަބަޔަކު ނަރަކައަށް ހުށަހެޅޭނޭ ކަމުގައި ކީރިތި ޤުރުއާން ބުނެދީފައި ވެއެވެ. އެގޮތުން އެފަދަ ފަރާތްތަކާއިމެދު ކީރިތި ޤުރުއާން ބުނެދެނީ:
އީމާން ނުވާ ފަރާތްތައް
އަދި ކާފިރުވީމީހުން، އެބައިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. އެބައިމީހުންގެ މައްޗަށް މަރުވުމަށް ނިޔާކަނޑައެޅި، މަރެއްވެސް ނުމެވާނޭމެއެވެ. އަދި، އެ ނަރަކައިގެ ޢަޒާބުން ބައެއް އެބައިމީހުންގެ ކިބައިން ލުޔެއްވެސް ނުމެ ކުރެއްވޭނޭމެއެވެ. ކާފިރުވާ ކޮންމެ މީހަކަށް، ތިމަންސުވާމީންގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. (ފާތިރު ސޫރަތުގެ 36 ވަނަ އާޔަތް)
އިތުރު އާޔަތު: ތައުބާ 68، ބަގަރާ 90، 104، ނިސާ 102، 140، 151، ރަޢުދު 35، އިސްރާ 8، ސަޖްދަ 27، އަންފާލް 14

އިންސާފުން އެއްކިބާވެފައިވާ ފަރާތްތައް
އެބައިމީހުން ނަރަކަޔަށް ޢަރްޟުކުރެވޭތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެހިނދު އެބައިމީހުން ވާހުށީ ނިކަމެތި ކަމާއެކު ބިރުވެތިވެ ތިބެ ވައްކަޅިން ބަލާ ބައަކު ކަމުގައެވެ. އަދި އީމާންވެއްޖެ މީހުން ބުނާނެތެވެ. ހަމަކަށަވަރުން ގެއްލުންވެރިވި ބައަކީ، އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، އަހުލުވެރިން ގިޔާމަތް ދުވަހުގައި ގެއްލުނު ބައެކެވެ. ފަހެ، އަނިޔާވެރިން ހަމަކަށަވަރުން ވާނީ، ދެމިހުންނަނިވި ޢަޒާބެއްގައެވެ. (އައްޝުޢަރާ ސުރަތުގެ 45 ވަނަ އާޔަތް)
އިތުރު އާޔަތު: އިބްރާހީމް 22، ޙަސްރު 17
މުނާފިގުން
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި ކާފިރުންނަށް މާތްﷲ ވަޢުދު ކުރައްވާފައިވަނީ ނަރަކައިގެ އަލިފާނެވެ. އެތާނގައި ދެމިތިބޭ ގޮތުގައެވެ. އެކަންތައް އެބައިމީހުންނަށް ފުދިގެން ވެއެވެ. އަދި، މާތްﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ. އަދި، ދެމިހުންނަނިވި އަޒާބު އެބައިމީހުންނަށް ހުއްޓެވެ. (ތައުބާ ސޫރަތުގެ 68 ވަނަ އާޔަތް)
އިތުރު އާޔަތު: ނިސާ 140

ފާޙިޝް ޢަމަލުތަކުގެ / ނުބައި ޢަމަލު ތަކުގެ ވެރިން
ދެން، ނުބައި އަމަލުތައް ކުރި މީހުންނަށް، އެބައިމީހުން މާތްﷲގެ އާޔަތްތައް ދޮގުކޮށް އެ އާޔަތްތަކަށް މަލާމާތް ކުރުމުން ޖަހަންނަމައިގެ ޢަޒާބު ލިބިގެން ވެއެވެ. (ރޫމް ސޫރަތުގެ 10 ވަނަ އާޔަތް)
އިތުރު އާޔަތު: ބަޤަރާ 81

ފާފަވެރިން
ކަންހުރީ އެހެނަކުން ނޫނެވެ. ނުބައި ޢަމަލު ކޮށް އެމީހެއްގެ ކުށްވެރިކަން އެމީހުންގެ ވަށައިގެންފި ބަޔަކު އެއީ ނަރަކައިގެ އަހުލުވެރީންނެވެ. އެމީހުން އެ ނަރަކައިގައި ދެމި ތިބޭހުއްޓެވެ. (ބަގަރާ ސޫރަތުގެ 81 ވަނަ އާޔަތް)

އަނިޔާވެރިން
(އެބައިމީހުންގެ ގޮތް) ފިރުޢައުނު މެންނާއި އަދި އޭގެ ކުރީން ތިބި މީހުންނާއިވެސް ހަމައެއްފަދައެވެ. (އެއިން ކޮންމެ ބަޔަކުމެ) ތިމަންސުވާމީންގެ ބާވައިލެއްވި ފާޅުވެގެންވާ ދަލީލުތައް ދޮގު ކުރިއެވެ. ދެންފަހެ، އެބައިމީހުންގެ ފާފަތަކުގެ ސަބަބުން މާތްﷲ އެބައިމީހުން ހަލާކު ކުރެއްވީއެވެ. އަދި މާތްﷲ އެއީ ނުބައި ޢަމަލުތަކަށް ހުރި ޖަޒާ ދެއްވުމުގައި ގަދަފަދަވެގެންވާ ކަލާނގެއެވެ. (އާލްއިމްރާން ސޫރަތުގެ 11 ވަނަ އާޔަތް)

މި އާޔަތްތަކުން އަހަރެމެންނަށް އެނގޭ ގޮތުގައި (ފެންނަ ގޮތުގައި) ތަޤުދީރުގައި މި ނުބައިކަމާއި ކުރިމަތިލާ އަހުލުވެރިންނަކީ އީމާންނުވާ ފަރާތްތަކާއި، އިންސާފުން އެއްކިބާވެފައިވާ ފަރާތްތަކާއި (އިންސާފެއް ނެތް ފަރާތްތައް) ދީނުން ބޭރުވެފައިވާ ފަރާތްތަކާއި (މުލްހިދުން ﷲވޮޑިގެންވާކަން ގަބޫލުނުކުރާ) ފާޙިސް ޢަމަލުތަކުގެ ވެރީންނާއި، ފާފަވެރީންނާއި އަދި ޙަސަދަވެރިންކަން އެގެއެވެ.

ނަރަކައިގެ ސިފަ ތަކަކީ ކޮބައި ހެއްޔެވެ؟

ނަރަކަ އާއިމެދު ޤުރުއާނުގައި ތަފާތު ގިނަ ބަސްތަކުން ބަޔާން ކޮށްފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާން މިފަދައިން ބުނެދެއެވެ:

عذاب ނ ލުޔެއްވެސް ނުމެކުރައްވާނެ
އަދި كافر ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ. (ފާތިރު ސޫރަތުގެ 36 ވަނަ އާޔަތް) 

ދެމިހުންނަނިވި ޢަޒާބު
އެބައިމީހުން ނަރަކަޔަށް ޢަރްޟުކުރެވޭތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އެހިނދު އެބައިމީހުން ވާހުށީ ނިކަމެތި ކަމާއެކު ބިރުވެތިވެ ތިބެ ވައްކަޅިން ބަލާ ބައަކު ކަމުގައެވެ. އަދި އީމާންވެއްޖެ މީހުން ބުނާނެތެވެ. ހަމަކަށަވަރުން ގެއްލުންވެރިވި ބައަކީ، އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، އަހުލުވެރިން ޤިޔާމަތް ދުވަހުގައި ގެއްލުނު ބައެކެވެ. ފަހެ، އަނިޔާވެރިން ހަމަކަށަވަރުން ވާނީ، ދެމިހުންނަނިވި ޢަޒާބެއްގައެވެ. (އައްޝުއަރާ ސޫރަތުގެ 45 ވަނަ އާޔަތް)
 
ވޭންދެނިވި (ގަދަފަދަ) ޢަޒާބު
އަދި، އެއުރެންގެ މައްޗަށް، ނިޔާކަނޑައެޅި ނިމުމަށްފަހު، ޝައިތާން ބުނާނެތެވެ. "ހަމަކަށަވަރުން ﷲ، ކުރައްވާފައިވަނީ، ޙައްގު (ތެދު) ވަޢުދެވެ! އަދި، އަހުރެންވެސް ކަލޭމެންނަށް ވަޢުދުވީމެވެ. ނަމަވެސް، އަހުރެންވަނީ އެ ވަޢުދާއި ޚިލާފުވެ، ނުމެ ފުއްދާމެއެވެ! ކަލޭމެންނަށް ހަމައެކަނި ގޮވައިލުން ފިޔަވައި، ކަލޭމެންގެ މައްޗަށް، އެހެން އެއްވެސް ބާރެއް، އަހުރެންނަކަށް ލިބިގެންނެއް، ނުވެއެވެ. ދެން، ކަލޭމެން، އަހުރެންގެ ގޮވައިލުމަށް، އިޖާބަ ދިނީއެވެ! ވީއިރު، އަހުރެން، ކުށްވެރި ނުކުރާށެވެ! ކުށްވެރި ކުރާންވީ ކަލޭމެންގެ އަމިއްލަ ނަފްސު ތަކެވެ! (މިހާރު) އަހުރެންނަކަށް، ކަލޭމެންގެ އެހީތެރިއަކަށް، ނުވެވޭ ހުއްޓެވެ! އަދި، ކަލޭމެންނަކީ، އަހުރެންގެ އެހީތެރިންނަކަށްވެސް ނުމެ ވެވޭހުށިމެއެވެ! އަހުރެންނީ، ﷲގެ ޝަރީކަކު ކަމުގައި، ކަލޭމެން ބެލިބެލުމަށް، މީގެ ކުރީގައިވެސް، އަހުރެން، އީމާނެއް، ނުވަމުއެވެ! ހަމަކަށަވަރުން، (ކަލޭމެން ކަހަލަ) ހަމަގެއްލިފައި ތިބޭ، ނުލަފާ، މީހުންނަށް، ވޭންދެނިވި (ގަދަފަދަ) ޢަޒާބު ލިބޭހުށިމެއެވެ!" (އިބްރާހީމް ސޫރަތުގެ 22 ވަނަ އާޔަތް)
 
ޖަޒާއަކީ ނަރަކައިގާ ދެމިތިބުން
ފަހެ، އެ ދެފަރާތުގެ ނިމުން އަންނަ ހުށީ، ނަރަކައިގެ އަލިފާނުގެ ތެރެއަށް ވެއްޓުމުންނެވެ. އެތަނުގައި، ދެމި ތިބުމަށް ޓަކައެވެ. އަދި، (ދަނެއު!) އަނިޔާވެރީންނަށް ލިބެނިވި ޖަޒާއަކީ މިއީއެވެ! (ޙަސްރު ސޫރަތުގެ 17 ވަނަ އާޔަތް)

ކާފިރުންނަށް ހުރީ އިހާނާތްތެރި ޢަޒާބެވެ
އެމީހުންގެ ނަފްސުތައް އެ ވިއްކާލި ވިއްކާލުމުގެހުރި ނުބައިކަން ބޮޑުކަމާއެވެ! އެއީ މާތްރަސްކަލާނގެ ބާވައިލެއްވި ތަކެއްޗަށް އެމީހުން ކާފިރު ވުމެވެ. (އެމީހުން އެ ކާފިރުވީ) މާތްﷲގެ ފަޟުލުވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އެދިވޮޑިގަތް ބައަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް ޙަސަދަވެރި ކަމުގެ ގޮތުންނެވެ. އެކަމުން އެބައިމީހުން ކޯފާގެ މައްޗަށް ކޯފާ ޙައްޤުކޮށްގެންފޫއެވެ. އަދި ކާފިރުންނަށް ހުރީ އިހާނާތްތެރި ޢަޒާބެވެ. (ބަގަރާ ސޫރަތުގެ90 ވަނަ އާޔަތް)

ނަރަކައިގެ އަލިފާން
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި ކާފިރުންނަށް މާތްﷲ ވަޢުދު ކުރައްވާފައިވަނީ ނަރަކައިގެ އަލިފާނެވެ. އެތާނގައި ދެމިތިބޭ ގޮތުގައެވެ. އެކަންތައް އެބައިމީހުންނަށް ފުދިގެން ވެއެވެ. އަދި، މާތްﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ. އަދި، ދެމިހުންނަނިވި އަޒާބު އެބައިމީހުންނަށް ހުއްޓެވެ. (ތައުބާ ސޫރަތުގެ 68 ވަނަ އާޔަތް)
 
މާތްﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވި
މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި ކާފިރުންނަށް މާތްﷲ ވަޢުދު ކުރައްވާފައިވަނީ ނަރަކައިގެ އަލިފާނެވެ. އެތާނގައި ދެމިތިބޭ ގޮތުގައެވެ. އެކަންތައް އެބައިމީހުންނަށް ފުދިގެން ވެއެވެ. އަދި، މާތްﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ. އަދި، ދެމިހުންނަނިވި އަޒާބު އެބައިމީހުންނަށް ހުއްޓެވެ. (ތައުބާ ސޫރަތުގެ 68 ވަނަ އާޔަތް) 

ދެމިހުންނަނިވި އަޒާބު

ޖަހަންނަމައިގެ ޢަޒާބު
ދެން، ނުބައި އަމަލުތައް ކުރި މީހުންނަށް، އެބައިމީހުން މާތްﷲގެ އާޔަތްތައް ދޮގުކޮށް އެ އާޔަތްތަކަށް މަލާމާތް ކުރުމުން ޖަހަންނަމައިގެ ޢަޒާބު ލިބިގެން ވެއެވެ. (ރޫމް ސޫރަތުގެ 10 ވަނަ އާޔަތް) 

މާތްﷲ އެއީ ނުބައި ޢަމަލުތަކަށް ހުރި ޖަޒާ ދެއްވުމުގައި ގަދަފަދަވެގެންވާ ކަލާނގެ
(އެބައިމީހުންގެ ގޮތް) ފިރުޢައުނުމެންނާއި އަދި އޭގެ ކުރިން ތިބި މީހުންނާއިވެސް ހަމައެއްފަދައެވެ. (އެއިން ކޮންމެ ބަޔަކުމެ) ތިމަންސުވާމީންގެ ބާވައިލެއްވި ފާޅުވެގެންވާ ދަލީލުތައް ދޮގު ކުރިއެވެ. ދެންފަހެ، އެބައިމީހުންގެ ފާފަތަކުގެ ސަބަބުން މާތްﷲ އެބައިމީހުން ހަލާކު ކުރެއްވީއެވެ. އަދި މާތްﷲ އެއީ ނުބައި ޢަމަލުތަކަށް ހުރި ޖަޒާ ދެއްވުމުގައި ގަދަފަދަވެގެންވާ ކަލާނގެއެވެ. (އާލްޢިމްރާން ސޫރަތުގެ 11 ވަނަ އާޔަތް)

އެހެންވީމާ، ނަރަކައަކީ ވޭނާ، ތަދާ، ރަޙުމެއްނެތި ގަދަފަދަވެގެންވާ ﷲގެ ޢަޒާބު ދާއިމަށް ދެއްވާ ތަނެކެވެ. އެހެނީ މަރުގަންނަވާނޭކަން ހަނދުމަނެތި  ﷲއަށް ބަދުބަސްބުނެ ލިބިދޭނޭ ޢަޒާބަކަށް ބެލުމެއްނެތި ޙަޔާތްވޭތުކުރަމުން ގެންދިޔަ ފަރާތްތައް ދާއިމަށް ލައްވަވާނޭ ތަންވެސް މެއެވެ.

0 comments:

Post a Comment