ރަޙުމަތްފުޅު ލިބިދޭހުށީ

އަހަރެމެން ބަލައިގަތުމަށް ހުށަހެޅިފައިވާ ރަޙުމަތްފުޅު ލިބިދޭހުށީ ކިހިނަކުން ހެއްޔެވެ؟

މަރްޔަމްގެފާނުންގެ ދަރިކަލުން މަސީޙު ޢީސާގެފާނުންނީ ފާފަވެރިކަމެއް ނެތް ހަމައެކަނި މަޢުސޫމް ފަރާތްކަން ކީރިތި ޤުރާނުން އަހަރެމެންނަށް ފެނެއެވެ. އެހެންވީމާ، ﷲ އާއި ގާތްވެގެންވާހުށީ ހަމައެކަނި އެކަލޭގެފާނެވެ. އެހެނީ އެކަލޭގެފާނީ ﷲ އާއި އަހަރެމެންނާއި ދެމެދުގައި މެދުވެރިއެއްގެ ގޮތުގައި ރަޙުމަތްވަންތަ ރަސްކަލާނގެ ހަމަޖައްސަވާފައިވާ ހަމަޖެއްސެވުންވެސް މެއެވެ. ކީރިތި ޤުރުއާން އަހަރެމެން ކިޔަމުން ގެންދާހިނދު މިކަން އަހަރެމެންނަށް އެނގެއެވެ.:
 
އެ މަލަކު ބުންޏެވެ. "ތިޔަހެންމެއެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙީ ކުރައްވައެވެ. "އެއީ، އަހުރެންނަށް ދާދި ފަސޭހަ ކަމެކެވެ! އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!" (ސޫރަތުއް މަރްޔަމް 21 ވަނަ އާޔަތް)  

މި އާޔަތް އަހަރެމެން ކިޔަމުން ގެންދާހިނދު ﷲގެ ރަޙުމަތްވަންވެ ވޮޑިގެންވާ މިންވަރު މިއާޔަތުން އަހަރެމެންނަށް ފެނެއެވެ.:
"އަދި، ކޮންމެ ތަނެއްގައި ހުރި ނަމަވެސް، އަޅާއީ ބަރަކާތް ލެއްވި އަޅަކަށް، ހައްދަވައިފިއެވެ! އަދި، އަހުރެން، ދިރިދެމި ހުރިހައި ހިނދަކު، ނަމާދު ކުރުމާއި ޒަކާތްދީ އުޅުން، އެކަލާނގެ އަހުރެންގެ މައްޗަށް ފަރުޟް ކުރައްވައިފިއެވެ." (ސޫރަތުއް މަރްޔަމް 31 ވަނަ އާޔަތް)
"އަދި، އަހުރެން، (ދުނިޔެމައްޗަށް) ވިހެއިދުވަހުގައްޔާއި، މަރުވާނޭ ދުވަހުގައްޔާއި، އަލުން އަނެއްކާ، ފުރާނައަޅުއްވައި، ނަންގަވާނޭ ދުވަހުގައިވެސް، އަހުރެންގެ މައްޗަށް (އެކަލާނގެ ޙަޟުރަތުން) ސަލާމް ލިބިގެންވާ ހުށިމެއެވެ!" (ސޫރަތުއް މަރްޔަމް 33 ވަނަ އާޔަތް)

މި ދެ އާޔަތުން ވެސް މަރްޔަމްގެފާނުންގެ ދަރިކަލުން ޢީސާއަލްމަސީޙު އާއި މެދުގައި އަހަރެމެންނަށް ކޮންމެވެސް މުހިންމު ކަމެއް ބުނެދެއެވެ. އެހެނީ އެކަލޭގެފާނު ދިރިއުޅުއްވި ވާހަކަ އާއި، އެކަލޭގެފާނުގެ އަވަހާރަވެ ވަޑައިގެންނެވި ވާހަކައާއި އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމަށްފަހު މާތްﷲ އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ގެނެސް ދެއްވި ވާހަކައެވެ. މިކަން އަހަރެމެންނަށް މިފަދަ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ކީއްވެހެއްޔެވެ؟ ސަބަބަކީ މަރްޔަމްގެފާނުންގެ ދަރިކަލުން ޢީސާ އަލްމަސީޙުގެ އަވަހާރަވެ ވަޑައިގެންނެވުމަކީ ގުރުބާނުގެ އަވަހާރަވުމެއް ކަމުގައި ވުމެވެ. އެހެނީ އެކަލޭގެފާނުންގެ އިޚުތިޔާރުގައި ވެވަޑައިގެންނެވި ގުރުބާނަކީ އަހަރެމެންނަށް ޙައްގުވާ ޢުގޫބާތް އެކަލޭގެފާނު އަމިއްލަފުޅަށް ނަންގަވައި އަހަރެމެންގެ ޙައްގުގައި އެކަލޭގެފާނު ވެވަޑައިގެންނެވި ގުރުބާނެއް ކަމުގައި ވުމެވެ. މިއީ އެކަލޭގެފާނަށް ޓަކައި ﷲ އަމުރުކުރައްވައި ހަމަޖައްސަވާފައިވާ ކަމެއް ކަމުގައި ވުމެވެ. ކީރިތި ޤުރުއާން އަހަރެމެންނަށް ބުނެދެނީ:

(ޢީސާގެފާނަށް) މާތްﷲ ވަޙީކުރެއްވި (ވަޙީ ކުރެއްވުން ކަލޭގެފާނުން ކިޔައި ދެއްވާށެވެ.) އޭ ޢީސާގެފާނެވެ! ތިމަންސުވާމީންގެ ކަލޭގެފާނުންގެ މަރު ހިއްޕަވާހުށީމެވެ. އަދި ތިމަންސުވާމީންގެ ޙަޟްރަތަށް އުފުއްލަވައި މަތިވެރި ކުރައްވާހުށީމެވެ. އަދި ކާފިރުވީ މީހުންގެ ކިބައިން ކަލޭގެފާނުން ދުރުކުރައްވާހުށީމެވެ. އަދި، ގިޔާމަތް ދުވަހާއި ޖެހެންދެންވެސް ކަލޭގެފާނަށް ތަބަޢަވީމީހުން ކާފިރުވީ މީހުންނަށްވުރެ މަތީ ދަރަޖައެއްގައި ލައްވާހުށީމެވެ. އަދި އެއަށްފަހު ތިޔަބައިމީހުން އެނބުރި އަންނަހުށީ ތިމަންސުވާމީންގެ ޙަޟުރަތަށެވެ. އެއިރުން ތިޔަބައިމީހުންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު ތިމަންސުވާމީންގެ ފައިސަލާ ކުރައްވާހުށީމެވެ. (ސޫރަތުއް އާލްޢިމްރާން 55 ވަނަ އާޔަތް)
އިނބަސުވާމީންގެ ތިމަންއަޅާއަށް އަމުރުކުރައްވާފައިވާ ގޮތަށް މެނުވީ، ތިމަންއަޅާ އެބައިމީހުންނަށް ނުބުނަމެވެ. އެއީ، ތިމަން ހައްދަވައި ބޮޑުކުރެއްވި، އަދި، ތިޔަބައިމީހުންވެސް ހައްދަވައި ބޮޑުކުރެއްވި، ކަލާނގެ، މާތްﷲއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ. އެބައިމީހުންގެ ތެރޭގައި ތިމަން ހުރިހައި ހިނދަކު، އެބައިމީހުންގެ މައްޗަށް ހެކިވެރިއަކު ކަމުގައި ވީމެވެ. ދެން، އިނބަސުވާމީންގެ ތިމަން އަޅާ ގެންދަވައިފި ހިނދު، އެބައިމީހުންގެ މައްޗަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިނބަސުވާމީންގެ ވޮޑިގެންފީމުއެވެ. ކޮންމެ ކަމެއްގެ މައްޗަށް އިބަސުވާމީންގެއީ، ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. (ސޫރަތުއް މާއިދާ 117 ވަނަ އާޔަތް)

ތިމަންސުވާމީންގެ މޫސާގެފާނަށް ފޮތް ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން ރަސޫލުބޭކަލުން ފޮނުއްވެވީމެވެ. އަދި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ތިމަންސުވާމީންގެ ފާޅުވެގެންވާ މުޢުޖިޒާތްތައް ދެއްވައި ރޫޙުލް ގުދްސި އެހީފުޅުން އެކަލޭގެފާނަށް ތާއީދު ދެއްވީމެވެ. ފަހެ ތިޔަބައިމީހުންގެ ނަފްސުތައް ލޯބި ނުކުރާ ކަމަކައިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލުބޭކަލަކު ވަޑައިގަންނަވާ ކޮންމެ ހިނދެއްގައި އެކަމަށް އިޖާބަ ނުދީ ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ތިޔަބައިމީހުން އޭގެ ބައެއް ބޭކަލުން ދޮގުކޮށް އަނެއްބައި ބޭކަލުން ގަތުލުކުރީއެވެ. (ސޫރަތުއް ބަގަރާ 87 ވަނަ އާޔަތް) 

އެހެންވީމާ، މަރްޔަމްގެފާނުންގެ ދަރިކަލުން، އަހަރެމެންގެ މާތްސާހިބާ ޢީސާ އަލްމަސީޙަކީ އިންސާނީ ޙަޔާތާއި މާތްﷲ އާއި ދެމެދުގައި އަހރެމެންގެ ފަރާތުން މެދުވެރި ކުރެއްވި ހަމައެކަނި ފަރާތެވެ. އަދި މާތްﷲގެ ރަޙުމަތްވަންތަކަން އަހަރެމެންނަށް ލިބިދެއްވުމުގެ ހަމައެކަނި މަތިވެރިކަން ގުޅި ލާމެހިފައިވަނީ އެކަލޭގެފާނުގެ އަވަހާރަވެ ވަޑައިގެންނެވުމާއިއެވެ.
އެކަލާނގެ އަހަރެމެންނަށް މި ދެއްވި ރަޙުމަތްވަންތަކަން އަހަރެމެންނަށް ލިބިދެނީ ކިހިނެއްކަން ކީރިތި ޤުރުއާން އިރްޝާދު ދީފައިވެއެވެ. އަދި އެކަލާނގެ މި ރަޙުމަތްވަންތަކަން ލިބިދެނިވި މިސާލެއްގެ ގޮތުން ނޫޙުގެފާނުގެވާހަކައިން ޢިބްރަތް ޙާސިލުކުރުމަށް ބުނެދެއެވެ. އަދި ނޫޙުގެފާނު ފެނުގެ ތޫފާނުން ސަލާމަތް ކުރެއްވި ކުރެއްވުމަކީ އެކަލާނގެ ރަޙުމަތްވަންތަކަން ނޫޙުގެފާނަށް ލިބިވަޑައިގެންވީ ފުރިހަމަ މިސާލެއްމެއެވެ.