ނަރަކައަށް ހުށަހެޅޭނީ ކާކު؟


ފާފަވެރިންނާއި، ފާޙިޝު ޢަމަލުތަކުގެ ވެރިންނާއި، އަދި އީމާންނުވާ ފަރާތްތަކަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންގެ އުޚުރަވީ ތަޤުދީރުގައިވަނީ ނިމުމެއްނުވާ ފަދައިން ނަރައިގައި ވުން ހެއްޔެވެ؟

މިފަދަ ފަރާތްތަކާއިމެދުގައި ކީރިތި ޤުރުއާން ބުނެދެނީ:
·       އިންސާނުންކުރެ ގިނަމީހުންނަކީ، ހަމަގެއްލިފައިތިބޭ، ޝުކުރު ކުޅައުމެއްނެތް، ބައެކެވެ! އިބްރާހީމް 34
·      އިންސާނަކީ އެކަލާނގެ ނިޢުމަތްތައް އިންކާރުކޮށް އަދި ފާފަވެރިވެފައިވާ މީހެކެވެ. ޙައްޖު 66 ވަނަ އާޔަތް
·       މީސްތަކުންނަށް އެއްވެސް ކަމަކުން މާތްރަސްކަލާނގެ އަނިޔާއެއް ނުކުރައްވައެވެ. ނަމަވެސް މީހުން އެމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާ ވެރިވެއެވެ. ޔުނުސް 44 ވަނަ އާޔަތް
·       މީސްތަކުންގެ އަނިޔާތަކުގެ ސަބަބުން މާތްމީސްތަކުން ކުށްވެރި ކުރައްވައި ގެންދަވަނީނަމަ، ފުރާނަ ލިބިގެން ހިނގައިއުޅޭ އެއްވެސް ދިރޭ އެއްޗެއް، އެކަލާނގެ ބިންމަތީގައި ދޫނުކުރެއްވީހެވެ. ނަޙްލު 61 ވަނަ އާޔަތް
·       އިންސާނާ ނެތި ހިނގައިދާށިއެވެ! އޭނާއަކީ ކޮންފަދަ ނުބައި ފާފަވެރިއެއްހެއްޔެވެ؟ ޢަބަސަ 17 ވަނަ އާޔަތް
·       އިންސާނާއީ ބޮޑާ އަދި ފާފަވެރިއެކެވެ. ޢަޙުޒާބު 72 ވަނަ އާޔަތް
·       އިންސާނާގެ ނަފްސަކީ ނުބައިކަންތަކަށް އަމުރުކޮށް ގަދައަޅާ އެއްޗެކެވެ. ޔޫސުފް 53 ވަނަ އާޔަތް
·       ހަމަކަށަވަރުން އިންސާނާއީ ކުފުރުވެރިކަން ހާމަވެގެންވާ ބައެކެވެ. ޒުޚްރަފް 15 ވަނަ އާޔަތް
·       އިންސާނާއީ ޙަގީގަތުގައިވެސް ފާފަވެރިއެއްމެއެވެ. . ސޫރާ 48 ވަނަ އާޔަތް
·       އިންސާނާއީ ފާފަވެރިއެއްމެއެވެ. އިސްރާ 67 ވަނަ އާޔަތް

އެހެންވީމާ، ކީރިތި ޤުރުއާން ބުނެދެނީ އެންމެހައި އިންސާނުންނީ އިންސާފެއްނެތް ބައެއް ކަމެވެ. އަދި އީމާންތެރިކަމެއްނެތި، ނިޢުމަތަށް ޝުކުރުވެރިނުވާ ފާފަވެރިން ކަމުގައެވެ. ކީރިތި ޤުރުއާނުގެ ބަޔާންވެދިޔަ އާޔަތްތަކުން ނަރަކަވަންތަ ވެރީންނަކީ އިންސާފުން އެއްކިބާވެފައިވާ ފަރާތްތަކާއި އީމާންތެރިކަން ނެތް ފަރާތްތަކާއި އަދި ފާފަވެރި ޢަމަލުތަކުގެ މީހުންކަން އަހަރެމެންނަށް އެނގެން އެބައޮތެވެ. އެހެންވީމާ، އާދަމުގެ ދަރިކޮޅުގެ އެންމެންތަކުންނީ ނަރަކައަށް ހުށަހެޅޭނޭ ބައެއް ހެއްޔެވެ؟ ނޫނީ މިކަމުގައި އެއްވެސް އުއްމީދެއް އަހަރެމެން ލިބިދޭ ހެއްޔެވެ؟

ނަރަކަވަންތަވެރީންނަށް ﷲ ފާފަ ޢަފޫ ކޮށްދެއްވާނެ ހެއްޔެވެ؟

ފާފަވެރިވެގެންވާ ކޮންމެ ފަރާތަކަށްމެ ޙައްޤުވެގެންވަނީ ނަރަކަ ކަމުގައި ގިނަ ބަޔަކު އެއްބަސްވެއެވެ. ނަމަވެސް އެއުރެން މިފަދައިން ބުނެތެވެ. "ﷲއީ ފާފަ ޢަފޫކޮށްދެއްވާ އަދި ރަޙުމަތްވަންތަ" ރަސްކަލާނގެއެވެ. އެހެންވީމާ، އެކަލާނގެ ތަނަވަސް ރަޙުމަތްފުޅުން އެއުރެންގެ ފާފަތައް ޢަފޫކޮށްދެއްވަތެވެ. ﷲއީ ފާފަ ޢަފޫކޮށްދެއްވައި އަދި ރަޙުމަތްވަންތަ ރަސްކަލާނގެކަމީ ޙަގީގަތެވެ. ނަމަވެސް ކީރިތި ޤުރުއާން ވަރަށް ސަރީޙަކޮށް ބުނެދެނީ މިފަދައިންނެވެ.: ބައެއް ފަރާތްތަކުގެ ތަގުދީރުގައިވަނީ ނަރަކައިގެ އަލިފާނެވެ. އެހުންތެރިންނޭވެ. (ކިޔުންތެރިންނޭވެ.) ތިބާ މިކަމުން ސަލާމަތް ވާހުށީ ކިހިނަކުންކަން ތިބާއަށް އެނގޭހެއްޔެވެ؟ ނަރަކަޔަށް ހުށަހެޅިގެންވާ ފަރާތްތަކުގެ ތަޤުދީރުގައި ﷲގެ ރަޙުމަތްފުޅު ބަދަލު ނުވާނަމަ ﷲގެ އެހެނިހެން ސިފަފުޅު ތަކަކީ ވެސް ބާތިލުވާނޭ ސިފަފުޅުތަކެއްމެ ނޫނެވެ. ﷲގެ އެއްވެސް ސިފަފުޅެއް މިކަމުން އެއްކިބާވެ ނުވަތަ އެކަލާނގެ ޒާތުފުޅު މިކަމުން ބަރީޢަ ވެގެން ވުމަކީ ދުރު ކަމެކެވެ. އެހެނީ އެންމެ ރިވެތި އިސްމުފުޅު މިލްކުވެގެންވަނީ ﷲއަށެވެ. އޭގެތެރޭގައި އެކަލާނގެއީ އެންމެ އިންސާފުވަންތަ، އެންމެ ޢަދުލުވެރި، އެންމެ މާތް، އަދި އެންމެ ސާލިޙު ފަދަ އިސްމުފުޅުތައް ހިމެނެއެވެ. މިއީ އެފަދަ އިންސާފުވަންތަ އަދި ސާލިޙުވަންތަ ފަނޑިޔާރާރެއްގެ ޖިނާއީ ކުށްވެރިއަކަށް ޙައްގުވެގެންވާ އަދަބެއް ދިނުމުގައި ގަރުބަގަތުން ފަދަ ކަމެއް ހެއްޔެވެ؟ ނޫނެކެވެ! ﷲއީ އެންމެ ފުރިހަމަ ވެގެންވާ ފަނޑިޔާރެވެ. އިންސާނާއަށް ޙައްގުވެގެންވާ ޖަޒާ އެކަލާނގެ އެ އިންސާނަކަށް ދެއްވަތެވެ. އަދި އެކަލާނގެއީ އުސޫލެއްނެތި ކަންތައްތައް ކުރައްވާ ކަލާނގެއެއް ނުމެނޫންމެއެވެ.

އެހެންވީމާ އަހަރެމެންގެ ތަޤުދީރުގައި ނަރަކައަށް ހުށަހެޅިގެން ނުވެ ނުދާނޭކަން ޔަޤީންހެއްޔެވެ؟

ނަރަކައަށް ހުށަހެޅޭ ފަރާތްތަކާއިމެދުގައި ކީރިތި ޤުރުއާން ބުނެދެނީ:
އަދި ކަލޭމެން (ކާފިރުން) ކުރެ، އެކަކުވެސް މި (ނަރަކަ) އަށް ވާރިދުނުވެ، ނުދާހުށިކަމެވެ! މިއީ (އޭ މުޙައްމަދު!) އިބަގެ ވެރިރަސްކަލާނގެ ކުރައްވާފައިވާ، ނުހަނު ވަރުގަދަ އަމުރެކެވެ! އެ އަމުރުން (ކާފިރުތަކުންނަށް) ރެކިނުގަނެވޭހުށި އަމުރެއް، މެއެވެ! (ސޫރަތުއް މަރްޔަމް 71 ވަނަ އާޔަތް)

އަހަރެމެންގެ ތަޤުދީރުގައި ފެށުނީއްސުރެން ހަމަޖެހިފައިވާ ގޮތެއްކަމުގައިވާނަމަ (އެހެނީ ބަޔާންވެ ދިޔަ އާޔަތް އަހަރެމެން ކިޔާ ހިނދު އެއީ ނިމުމެއްނުވާފަދައިން ހަމަޖެހިފާއިވާ ކަމެއްކަމުގައި ވެއެވެ.)  މިކަމުން އަހަރެމެން ސަލާމަތްވުމަށް ހަދާނީ ކޮންގޮތެއް ހެއްޔެވެ؟ މިކަމުގެ ޖަވާބު ގުރުއާނުގެ އެހެން ސޫރަތެއްގެ އާޔަތަކުން އަހަރެމެންނަށް ބުނެދެއެވެ.:


އެ މަލަކު ބުންޏެވެ. "ތިޔަހެންމެއެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙީ ކުރައްވައެވެ. "އެއީ، އަހުރެންނަށް ދާދި ފަސޭހަ ކަމެކެވެ! އަދި (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެ ދަރިފުޅަކީ އަހުރެމެންގެ ޙަޟުރަތުން، މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް، އަދި، ރަޙުމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ، ކަމެކެވެ!"  (ސޫރަތުއް މަރްޔަމް 21 ވަނަ އާޔަތް)
މުޅި ކީރިތި ޤުރުއާނުގައި ވެސް "އަމުރުވެވި ނިމިގެންވާ ކަމުގައި" ބަޔާން ވެގެންވަނީ އެންމެ ދެ ތަނެއް ގައެވެ. ކުރިން ހަމަޖެހިފައިވާ ކަންތައްތައް ކަމުގައި ކީރިތި ޤުރުއާން ބުނެދީފައިވަނީ ދެ ކަމެއްގައެވެ. (އެއީ ބަދަލު ނުކުރެވޭނޭ ކަމާއި ސަލާމަތް ވެގެން ނުވާނޭ ކަމެވެ.) އެހެނީ އެއީ ނަރަކައިގެ އަލިފާނާއި ﷲގެ ރަޙުމަތްފުޅެވެ. މީގެ މަޢުނައަކީ ކޮބައިހެއްޔެވެ؟ މި ބަހުގެ މަޢުނައީ ﷲ އަހަރެމެންނަށް ނަރަކައިގެ އަލިފާން ދެއްވުން ނުވަތަ "ޔަގީންކަމާއެކު ކުރިން ހަމަޖެހިފައިވާ" އެކަލާނގެ ރަޙުމަތްފުޅެވެ. އެއީ ކުރިން ހަމަޖެހިފައިވާ ކަމުގެ މުހިންމުކަން ވެސް މެއެވެ. އަހަރެމެން ﷲގެ ރަޙުމަތްފުޅާއިމެދު އިންކާރު ކުރާނަމަ ޔަގީންކަމާއެކު ކުރިން ހަމަޖެހިފައިވާ ނަރަކައިގެ އަލިފާން ނޫން އެއްޗެއް ނުވެއެވެ.